ކ. މާލެ
|
23 ސެޕްޓެންބަރ 2017 | ހޮނިހިރު 22:34
ފަހާގޭގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް މަސައްކަތްކުރަނީ
ފަހާގޭގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް މަސައްކަތްކުރަނީ
އާމިނަތު ނުޒުހާ
އަލިފާން ރޯވުން
ފަހާގޭގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓް ޝޯޓެއްގެ ސަބަބުން

ހެންންވޭރު ފަހާގޭގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި އެވެ.

 

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ފަހާގޭގައި ރޯވި އަލިފާން ނިއްވާލާފައިވަނީ 21:15 ހާއިރު ކަމަށެވެ.

 

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. ފަހާ ގޭގައި އަލިފާން ރޯވުމުން އެގެއިން މީހުން ހުސްކުރުމުގެ މަސައްކަތް ސިފައިން ވަނީކޮށްފައެވެ.

 

އާޒިމް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށެވެ.

 

ހެންވޭރު ސިޓީ ބޭކަރީ ގޯޅިތެރޭގައި ހުންނަ ފަހާގޭގައި އަލިފާން ރޯވީ އެގޭގެ ތިންވަނަ ފަންގިފިލާގަ އެވެ. މި ހާދިސާގައި އަލިފާން ރޯވި ކޮޓަރީގައި ހުރި ތަކެތި ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ. ނަމަވެސް މުޅި އިމާރާތަށް މާބޮޑު ގެއްލުންތަކެއް ނުވަނީސް ވަނީ އަލިފާންގަނޑު ނިއްވާލާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް