ކ. މާލެ
|
23 ސެޕްޓެންބަރ 2017 | ހޮނިހިރު 21:15
އަލިފާން ނިއްވުމުގައި ސިފައިން ހަރަކާތްތެރި ވަނީ
އަލިފާން ނިއްވުމުގައި ސިފައިން ހަރަކާތްތެރި ވަނީ
ރާއްޖެއެމްވީ
އަލިފާން ރޯވުން
ހެންވޭރު ގެއެއްގައި އަލިފާން ރޯވެއްޖެ
އަލިފާން ރޯވީ ހ ފަހާގޭގެ 4 ވަނަ ފަންގިފިލާގައި
ފަޔަރ އެންޑް ރެސްކިއު ޓީމުން ދަނީ ހަރަކާތްތެރިވަމުން

ހެންވޭރު ފަހާގޭގެއި އަލިފާން ރޯވެ އަންދަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

އެމްއެންޑީއެފްގެ މިޑިޔާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވެސް ވަނީ އެކަން ކަށަވަރުކޮށް ދެއްވާފައެވެ. 

އާޒިމް ވިދާޅުވީ ހ. ފަހާގޭގެ ހަތަރުވަނަ ފަންގި ފިލާގައި އަލފާން ރޯވެގެން އުޅޭކަމަށް މައުލޫމަތު ލިބުނީ މިރޭ 8:55  ހާއިރު ކަމަށާއި މިހާރު އެއަލިފާންގަނޑު ނިއްވާލުމަށް އެމްއންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށވެ. 

އަލިފާންގަނޑު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްވެފައެވެ. 

ގާތްގަނޑަކަށް 9:15 ހާއިރު އާޒިމް ވިދާޅުވީ ރޯވި އަލިފާނުގެ 90 ޕަސެންޓް ކޮންޓްރޯލް ކުރެވިއްޖެ ކަމަށެވެ. އަދި އެގޭގެ މަތީބުރިތަކުގައި ތިބި މީހުން ބޭލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް