ކ. މާލެ
|
23 ސެޕްޓެންބަރ 2017 | ހޮނިހިރު 19:36
އޭޑީކޭ ހޮސްޕިޓަލް-- އޭޑީކޭ ކުންފުންޏަށް އާސައިން ދޫކުރަން ޖެހޭ ފައިސާ ގަވައިދާ އެއްގޮތައް ދޫނުކުރާ ކަމަށް އެ ކުންފުނިން ބުނޭ
އޭޑީކޭ ހޮސްޕިޓަލް-- އޭޑީކޭ ކުންފުންޏަށް އާސައިން ދޫކުރަން ޖެހޭ ފައިސާ ގަވައިދާ އެއްގޮތައް ދޫނުކުރާ ކަމަށް އެ ކުންފުނިން ބުނޭ
މުރުޝިދް އަބްދުލް ހަކީީމް
އޭޑީކޭ
އެއްބަސްވުމާ އެއްގޮތައް އާސަންދަ ކުންފުނިން ފައިސާއެއް ނުދޭ: އޭޑިކޭ
އާސަންދައިން ދޫކުރާ ބޭހަށް ފައިސާ ނުދޭތީ ދަތިތަކާ ކުރިމަތިވޭ
90 ދުވަހުގެ ތެރޭގައި ވެސް ބިލްތަކަށް ފައިސާ ނުދޭ

އާސަންދަ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތައް އޭޑިކޭގެ ފާމަސީތަކުގެ ބިލްތަކަށް ފައިސާ ދޫ ނުކުރާ ކަމަށް ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް ހިންގަމުން އަންނަ އޭޑިކޭ ކުންފުނިން ބުނެފި އެވެ.

އޭޑީކޭ އިން ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އޭޑީކޭގެ ފާމަސީތަކުން އާސަންދައިގެ ދަށުން ވިއްކާ ބޭސްތަކަށް އެ ކުންފުނިން ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި މުއްދަތު ހަމަވެގެން އެތައް މަސްތަކެއް ފާއިތުވެގެންދާއިރު ވެސް އެތައް ބިލަކަށް ފައިސާ ނުދެއްކި ވާކަމަށެވެ. އެ ކުންފުނިން ބުނެފައި ވަނީ އާސަންދައިން ނަގާ ބޭސްތަކަށް އާސަންދަ ކުންފުނިން ދޭން ޖެހޭ ފައިސާ ދިނުމުގައި 90 ދުވަހުގެ ކްރެޑިޓް ފަހި ކޮށްދީފައި ވެސް ވާ ކަމަށެވެ. އެހެން ނަމަވެސް އެ މުއްދަތު ފަހަނަ އަޅާ ދާއިރު ވެސް އެ ފައިސާ ދައްކަމުން ނުދާތީ ބޮޑެތި ދަތިތަކާ އެ ކުންފުނިން ކުރިމަތިލާން ޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

މީގެ އިތުރުން އޭޑިކޭއިން ބުނެފައި ވަނީ އާސަންދަ ކުންފުނިން މި މަހުގެ 20 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާމަސީތަކުން ބޭސް ވިއްކުމާ ގުޅޭ ގޮތުން ދިން މައުލޫމާތާ ގުޅިގެން ރާއްޖޭގައި  ބޭސް ވިއްކާ ފަރާތްތަކުން ނުބައްދަލު އަގުތަކުގައި ބޭސް ވިއްކަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ހަގީގަތާ ހިލާފު ބަދުނާމުތައް އަޅުވަމުންދާ ކަމަށެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭސް ވިއްކުމުގެ ވިޔަފާރި ކުރަމުންދާ އެއް ކުންފުނި، އޭޑިކޭ އިން ބުނީ އެ ކުންފުނީގެ ބޭސްފިހާރަތަކުން ބޭސް ވިއްކަނީ 13 އޯގަސްޓް 2015 ގައި އާސަންދަ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތައް ކަނޑައެޅުނު އަގުތަކަށް ކަމަށެވެ.

"މި އެއްބަސްވުމުގައި އާސަންދައިން ކަވަރު ކޮށްދޭ ބޭސްތަކުގެ ތަފްސީލް ލިސްޓާއި، އަދި މި ފަދަ ބޭސްތައް ވިއްކޭނެ އަގުތައް، ވަނީ ވަރަށް ސާފުކޮން ކަނޑައެޅިފައެވެ. ހަމަ އެހެންމެ މި އެއްބަސްވެވުނުއިރު އާސަންދަ އެދުމުގެ މަތިން އަސަންދައިގެ ދަށުން ވިއްކޭ ބޭސްތަކަށް ހާއްސަ ޑިސްކައުންޓްތަކެއް ވެސް އޭޑީކޭއިން ވަނީ ހަމަޖައްސައިދީފަ އެވެ. މި އެގްރިމެންޓްގައި ސޮއި ކުރެވުނު ތާރީހުގެ ފަހުން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގޭ އިންފްލޭޝަނަށާއި ބާޒާރުގެ އަގުތަކަށް އަންނަމުންދިޔަ ބަދަލުތަކާ އެކު ވެސް އާސަންދައިގެ ދަށުން މި ކުންފުނިން ވިއްކަމުންދާ އެއްވެސް ބޭހެއްގެ އަގަކަށް ބަދަލެއް ގެނެސްފައިނުވާނެ އެވެ." 

އޭގެ އިތުރުން ރާއްޖޭގައި ބޭސްވިއްކޭ އަގުތަކަކީ މޯލްޑިވްސް ފޫޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައަޅާ އަޅާ އަގުތަކެއްކަން ވެސް އޭޑިކޭއިން ފާހަގަ ކޮށްފައިވެ އެވެ. އަދި އެ އުސޫލުތަކާ ހިލާފަށް އޭޑިކޭގެ އެއްވެސް ފާމަސީއަކުން ބޭސް ވިއްކަމުން ނުދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް