ކ. މާލެ
|
23 ސެޕްޓެންބަރ 2017 | ހޮނިހިރު 18:23
ސީރިއާ ހަނގުރާމައަށް ދިޔަ ކަމަށް ބުނެ ހައްޔަރުކުރީ ތިން ދިވެހިން
ސީރިއާ ހަނގުރާމައަށް ދިޔަ ކަމަށް ބުނެ ހައްޔަރުކުރީ ތިން ދިވެހިން
ރާއްޖެއެމްވީ
ސީރިއާ ހަނގުރާމައަށް
ސީރިއާ ހަނގުރާމައަށް ދިޔަ ކަމަށް ބުނެ ހައްޔަރުކުރި ތިން ދިވެހިންގެ ބަންދަށް 15 ދުވަސް ޖަހައިފި
ސީރިއާ ހަނގުރާމައަށް ގިނަ އަދަދެއްގެ ދިވެހިން ދާކަމަށް ބުނޭ
ޓެރެރިސްޓް ހަމަލާއެއް ދޭން އުޅުނުކަމުގެ ތުހުމަތުގައި މެލޭޝިއާއިން ދެ ދިވެއްސަކު ދާދިފަހުން ހައްޔަރު ކޮށްފައިވޭ

ސީރިއާ ހަނގުރާމައަށް ދިޔަ ކަމަށް ބުނެ ހައްޔަރުކުރި ތިން ދިވެހިންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިޔަ ކަމަށް ބުނެ ތިން ދިވެއްސަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރީ، ހޮނިހިރުދުވަހުއެވެ. ފުލުހުން ބުނީ އެތިން މީހުން ހައްޔަރު ކޮށްފައި ވަނީ ތުރުކީ މަގުން ސީރިޔާއަށް އެތެރެވާން އުޅެނިކޮށް ތުރުކީ ސިފައިންނާއެކު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

 ދޭތެރެ ދޭތެރެއިން ސީރިއާގެ ހަނގުރާމައަށްދާ ކަމުގެ އަޑުތައް ފެތުރޭއިރު، ސީރިއާއަށް އެތެެރެވުމުގެ ކުރިން ބައެއް ދިވެހިން ހައްޔަރު ކޮށްފައި ވެސް ވެއެވެ. ތުރުކީގައި ތިން މީހަކު ހިފަހައްޓާފައިވާއިރު މެލޭޝިޔާއިން ވެސް ވަނީ ދެ ދިވެއްސަކު ހަނގުރާމައަށް ދާން އުޅެނިކޮށް އަތުލައިގަނެ، ރާއްޖެ ފޮނުވާފައެވެ.

ސީރިއާގައި ކުރަމުންދާ ދާހިލީ ހަނގުރާމައި އެންމެ އިސްކޮށް ހަރަކާތްތެރި ވަމުންދަނީ އިސްލާމިކް ސްޓޭޓު (އައިއެސް)ގެ ނަމުގައި ހަރަކާތްތެރިވާ ޖަމާއަތަކުންނެވެ. ގިނަ ދިވެހިން ސީރިއާއަށް ދަނީ ވެސް އައިއެސް ޖަމާއަތާ ގުޅުމަށެވެ.

ސީރިއާގެ ހަނގުރާމައަށް ދަނިކޮށް ހައްޔަރު ކުރި ތިން މީހެއްގެ މައްޗަށް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ދަނީ ޝަރީއަތް ހިންގަމުންވެ.

ސީރިޔާއަށް ހަނގުރާމައަށް ދާން އުޅުނުކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައި ވަނީ، ލ. މާމެންދޫ، މުރިނގު، އަހުމަދު ލަތީފާއި، ގދ. ރަތަފަންދޫ، ނީލްވީލާ، އަހުމަދު ސުހައިލް މޫސާ އާއި، ތ. ގާދިއްފުށީ ސެނެރީގޭ، މުނައްވަރު އަބްދުﷲ ގެ މައްޗަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް