ކ. މާލެ
|
23 ސެޕްޓެންބަރ 2017 | ހޮނިހިރު 15:53
ފުލުހުންތަކެއް މުޒާހަރާއެއް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި
ފުލުހުންތަކެއް މުޒާހަރާއެއް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި
އަޝްވާ ފަހީމް
ފުލުހުންގެ މުސާރަ
ފުލުހުންގެ މުސާރަ ބޮޑުކުރުން ބަޖެޓުގައި ހިމަނާފަ، އަހަރު ނިމޭއިރު ވެސް ބޮޑު މުސާރައެއް ނުލިބޭ!
މިއަހަރުގެ ބަޖެޓުގައި އިތުރަށް 230 މިލިއަން ރުފިޔާ
ޖެނުއަރީގައި ބޮޑު މުސާރަ ދޭން ފޮނުވުމުން ނުދިން

ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި ބަޖެޓުގައި ފުލުހުންގެ މުސާރަ ބޮޑު ކުރުމަށް ފައިސާ ހިމަނާފައިވީ ނަމަވެސް، އަހަރު ނިމެންދާއިރު ވެސް ބޮޑު ކުރި އެލަވެންސް ނުލިބޭތީ ފުލުހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މި އަހަރުގެ ބަޖެޓް ފާސްކުރި އިރު ފުލުހުންނަށް ވަނީ މިދިޔަ އަހަރަށް ވުރެ ވަރަށް ބޮޑު ބަޖެޓެއް ދީފަ އެވެ. އެ ގޮތުން، ބަޖެޓުގައި މިދިޔަ އަހަރަށް ވުރެ މި އަހަރު 230 މިލިއަން ރުފިޔާ އިތުރެވެ. މިދިޔަ އަހަރު ބަޖެޓުގައި 1.103 ބިލިއަން ރުފިޔާ ދިން އިރު، މި އަހަރު ހިމަނާފައި ވަނީ 1.334 ބިލިއަން ރުފިޔާ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މުސާރަ އިން ބޮޑުވި ބައި މި އަަހަރުގެ ބަޖެޓުގައި ހިމަނާފައި ވާނެ އެވެ.

ފުލުހުން ވަނީ މުސާރައިގެ އާ އޮނިގަނޑެއް އެކުލަވާލައި ހުރިހާ ފުލުހުންނަށް 4،000 ރުފިޔާގެ ލިވިން އެލަވެންސެއް ދޭން މިއަހަރުގެ ޖެނުއަރީ މަހު ހުށަހަޅާފަ އެވެ. ނަމަވެސް ޖެނުއަރީ މަހުގެ މުސާރަ އެ އޮނިގަނޑުގެ ދަށުން ހެދުމަށް ފަހު ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމުން އަނބުރާ ފޮނުވާލައި މުސާރަ ދިނީ ކުރީގެ އޮނިގަނޑުގެ ދަށުންނެވެ.

ފުލުހުންގެ މުސާރަ އަށް ބަދަލު ގެނައުމާ މެދު ރައީސް އޮފީހާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ފިނޭންސުން ފުލުހުންނަށް އަންގާފައި ވެއެވެ. 

ފިނޭންސް މިނިސްޓަރު އަހުމަދު މުުނައްވަރު ވިދާޅުވެފައި ވަނީ ފުލުހުންގެ މުސާރަ އަށް ބަދަލު ގެނައުމަށް ފަހު އެ ބަދަލުތައް ހިމަނާފައިވާ ހުށަހެޅުމަށް އަމަލު ކުރެވޭނީ ރައީސް އޮފީހާއި ކަމާ ބެހޭ ފަރާތްތަކުން ރިވިއު ކުރުމަށް ފަހު ނިންމާ ގޮތެއްގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވެފައި ވަނީ ބަޖެޓުގައި ހިމަނާ ކަންކަން ވެސް ތަންފީޒު ކުރެވޭނީ އޮންނަ އުސޫލުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ކުރުމަށް ފަހު ކަމަށެވެ. މުއައްސަސާއެއްގެ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ގެންނަ ނަމަ ރައީސް އޮފީހުން ރިވިއު ކުރަން ހަމަޖައްސާފައި ވާއިރު، ބަޖެޓުގައި މުސާރަ ބޮޑުކުރަން ހިމެނިޔަސް އެކަން ކުރެވޭނީ އެ ރިވިއު އަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ފުލުހުންގެ ބަޖެޓުގައި އިތުރަށް 230 މިލިއަން ރުފިޔާ ހިމަނާފައިވީ ނަމަވެސް، މިއަހަރުގެ މިހާތަނަށް ބޮޑު ކުރި އެލަވެންސާއެކު ފުލުހުންނަށް މުސާރަ ދީފައެއް ނުވެ އެވެ. ރާއްޖެއެމްވީއާ ވާހަކަ ދެއްކި ފުލުހަކު ބުނީ ލިވިން އެލަވެންސް ބޮޑުވުމަކީ ދެކެމުން އައި ހުވަފަނެއް ކަމަށާއި މުއައްސަސާއިން އެކުލަވާލި އޮނިގަނޑާއެކު އެކަން ވެގެންދާނެ ކަމަށް އުންމީދުކުރި ކަމަށެވެ. އެހެންނަމަވެސް، ހުވަފަން ދެއްކުމަށް ފަހު ސަރުކާރާއި މުއައްސަސާގެ ވެރިން އެ އެލަވެންސްގެ ވާހަކަ މިހާރު ނުދައްކާ ކަމަށް އޭނާ ބުންޏެވެ.

އެހެން ފުލުހަކު ބުނީ ބަޖެޓުގައި ހިމެނި ފައިސާއަށް ވީގޮތެއް އެނގެންޖެހޭ ކަމަށާއި ފުލުހުންގެ މުސާރަ ބޮޑުކުރަން ބަޖެޓުގައި ހިމެނި ފައިސާއިން އިތުރު ކަމެއް ކޮށްގެންނުވާނެ ކަމަށެވެ. ރައީސް އޮފީހާއެކު މަޝްވަރާ ކުރާތާ ނުވަ މަސްވީ އިރު ވެސް އެލަވެންސާ މެދު ގޮތެއް ނިންމާފައި ނުވާތީ އޭނާ ކަންބޮޑުވުން ފާޅުކުރި އެވެ.

މީގެ ކުރިން މާލޭގައި ކުއްޔަށް އުޅޭ ފުލުހުން އަމިއްލައަށް ހުށަހެޅުމުން އެ މީހެއްގެ ހާލަތަށް ބެލުމަށް ފަހު ލިވިން އެލަވެންސް ދެމުން އައި ނަމަވެސް އާ އޮނިގަނޑާއެކު ކޮންމެ ފުލުހަކަށް ވެސް ލިވިން އެލަވަންސް ކަނޑައަޅާފައި ވެއެވެ. އެ ގޮތުން، ލިވިން އެލަވަންސަށް ކުރިން 2،500ރ. ލިބުނުއިރު، އާ އޮނިގަނޑުގެ ދަށުން ކޮންމެ ފުލުހަކަށް ވެސް ލިވިން އެލަވަންސް ގޮތުގައި 4،000ރ. ލިބޭނެއެވެ.

ފުލުހުންގެ މުސާރައާ ގުޅޭ ގޮތުން ރާއްޖެއެމްވީއިން ސުވާލުކުރުމުން ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފުލުހުންގެ މުސާރަ އާއި އިނާޔަތްތަކަކީ ފުލުހުންގެ ހިންގުމުގެ އެތެރޭގެ ސިޔާސަތުތަކާ ގުޅިފައިވާ މައުލޫމާތު ކަމަށްވާތީ އެފަދަ މައުލޫމާތު މީޑިއާއާ ހިއްސާކުރެވެން ނެތް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
23 ސެޕްޓެންބަރ 2017 | ހޮނިހިރު 23:44
ފފ
!ސިފައިން މޭކަރާނަމަ މިހާރު މޭކަރާނަމަ މިހާރުވެސް މޭކަރަންވީނު،ސިފަން ގޭގަ އުޅޭމީހުންގެ ތެރެއިން ތި އިލެވެނެސް ދެނީ ވަކި ކޯޓާއެއްގެ ދަށުން ކުއްޔައް އުޅޭކަން ސާބިތުކޮއްދިނީމަ 1500ރ އެވެސް ކުލި ދެއްކި ކަމުގެ ރަޝީދު ނުލިބިލަސް ވެއްޖެއްޔާ ކަނޑާލާނެ.އަދި ޖެހިޖެހިގެން 2 ފަހަރު ފާސްނުވެއްޖެއްޔާ ކަނޑާލާނެ.ދެން ފާސް ވެގެން އަނެއްފަހަރު ކޯޓާގަ ލައްވާލާތޯ އިންތިޒާރު ކުރަންޖެހޭނީ.އެހެވީމަ ބޭބެމެން މޭކަރާނަމަ ކަރާފަ އޮންނާނީ ،ނާޒިމް ގެ ދައއުރުގަ 750 ން އެވަރުވިވެސް.ބޭބެމެން ނަށް ރަނގަޅު އެންމެންވެސް ހަމަޖެހޭ ތަނަވަސް ދިރިއުޅުމެއް އުޅުން.
23 ސެޕްޓެންބަރ 2017 | ހޮނިހިރު 17:51
pollatte
thi nudheyne, boahalaak, 2009 vana aharuge fahun increment e nugeney... bayaku dhiraasa kuriyas bodu varu.. mndf meehun mey karaigathy thi dheyn ulhunyma... & namehga bodu kuri ehche vaki bayaka faidhaa vaa gotha.. v.salan