ކ. މާލެ
|
23 ސެޕްޓެންބަރ 2017 | ހޮނިހިރު 13:38
އައިސީއައިއޭ ކޮންފްރެންސްގައި މިނިސްޓަރު ވާހަކަ ދައްކަވަނީ
އައިސީއައިއޭ ކޮންފްރެންސްގައި މިނިސްޓަރު ވާހަކަ ދައްކަވަނީ
ފާތިމަތު ޝަނާ މުހައްމަދު
އައިސީއައިއޭ
އިގްތިސާދީ ކުރިއެރުމަށް އިސްލާމިކް ފައިނޭންސް މުހިންމު: މިނިސްޓަރ ސައީދު
އައިސީއައިއޭ ކުރިއަށްދަނީ ދެ ދުވަހަށް
އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް ތަފާތު އެކި ދާއިރާތަކުން މަޝްވަރާ ކުރެވޭނެ
މި ކޮންފްރެންސްގައި ޔުނިވަރސިޓީގެ ގިނަ އަދަދެއްގެ ކުދިން ބައިވެރިވޭ

ދިވެހިރާއްޖޭގައި  އިގްތިސާދީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެންނަ އިރު ވަރަށް ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ ކަމަށާއި މިކަން ކުރުމަށް އިސްލާމިކް ފައިންނޭންސް މިހާރަށް ވުރެ ބޮޑަށް ކުރިއެރުވުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރ  މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް  އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އިންޓަރނޭޝަނަލް ކޮންފްރެންސް އޮން އިސްލާމިކް އެވޭންކްނިންގް  ޝަރަފްވެރިކޮށްދެއްވާ  ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތައް ތަފްޒީފު ކުރުމުގެ މަސައްކަތް ކުރަމުންދާ އިރު ފައިނޭންޝިއަލް ސެކްޓަރ ނުވަތަ މާލީ ދާއިރާތައް މިހާރަށް ވުރެ ބޮޑަށް ކުރިއަރުވަން ޖެހޭ ކަމަށެވެ. މިފަަދަ ކޮންފްރެސްންސްތަކުގެ ތެރެއިން، މި ދާއިރާ ކުރި އެރުވުމަށް އިތުރު އާ ވިސްނުންތަކާއި ދިރާސާތައް ކުރުމުގެ މުހިއްމުކަން މިނިސްޓަރ ސައީދު ފާހަގަކުރެއްވި އެވެ.

މާލީ ދާއިރާ ކުރި އެރުވުމަށް ބޮޑެތި  ބަދަލުތަކެއް މާލީ ދާއިރާއަށް ގެންނަންޖެހޭ އިރު ސަރުކާރުން، މާލީ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަގްވާމީ ގޮތުން ގަބޫލު ކުރާ ވަސީލަތްތައް މިހާރު ވެސް ބޭނުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަރަމުންދާ އިރު ރާއްޖޭގެ މާލީ ދާއިރާގައި ގިނަ ފުރުސަތުތަކެއް އިސްލާމިކް ފައިނޭންސްއަށް އެބަ އޮތް. އިސްލާމީކް ފައިނޭންސްގެ ދާއިރާގެ ވަސީލަތްތަކަކީ އާންމުކޮށް މާލީ ދާއިރާގައި ހުންނަ ފުރުސަތުތައް ފަދައިން ވާދަވެރި ފުރުސަތުތައް. އެގޮތުން އިސްލާމިކް ބޭންކިން ވަނީ ރާއްޖޭގައި ވަރަށް ބޮޑަށް ބަލައިގަނެފައި." ސައީދު ވިދާޅުވި އެވެ.

އެގޮތުން އިސްލާމިކް ކެޕިޓަލް މާކެޓެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ އިރު، ކުންފުނިތަކުން އިސްލާމިކް ސެކިއުރިޓީޒް  ދޫކުރުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި  މިނިސްޓަރ ވިދާޅުވީ، އިސްލާމިކް ޓޫރިޒަމް ތަރަައްގީ ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްވަމުން އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އިސްލާމިކް ކޮންފްރެންސްގައި އެމެރިކާއާއި ޖަޕާނާއި ޖޯޑަންއާއި މިސްރާއި ފަލަސްދީނު ފަދަ ގައުމުތަކުން ކަރުދާސް ހުށަހަަޅުއްވާނެ ކަމަށާއި މި ކޮންފްރެސްއަކީ ކާމިޔާބު ކޮންފްރެންސްއަކަށް ހެދުމަށް އިސްލާމިކް ޔުނިވަރސިޓީގެ ސެންޓަރ ފޯ ރީސަރޗު އެންޑް ޕަބްލިކޭޝަނުން ގިނަ މަސައްކަތެއް  ކޮށްފައިވާ ކަމަށެވެ.

" އިސްލާމީ މާލީ ނިޒާމު ބާރު މިނެއްގައި ދަނީ ކުރިއަރަމުން. މުސްލިމުންނާއި ޣައިރު މުސްލިމުންގެ މެދުގައި. މި ދާއިރާތަކުން ގިނަ ކަރުދާސްތަކެއް ހުށަހެޅިފައިވާ ކަން ފާހަގަކުރަން." ޝަހީމް ވިދާޅުވި އެވެ.

 މި ކޮންފްރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ހުން 24 ހަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް