ކ. މާލެ
|
22 ސެޕްޓެންބަރ 2017 | ހުކުރު 14:54
އެރިޓްރިއާގެ ފޮރިން މިނިސްޓަރަށް ޑރ. ޝައިނީ މަސްދަޅެއް ހަދިޔާކުރައްވަނީ
އެރިޓްރިއާގެ ފޮރިން މިނިސްޓަރަށް ޑރ. ޝައިނީ މަސްދަޅެއް ހަދިޔާކުރައްވަނީ
ފޮރިން މިނިސްޓްރީ
ރާއްޖޭގެ ޚާރިޖީ ގުޅުން
މިނިސްޓަރ ޝައިނީ އެރިޓްރިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި
ދެ ޤައުމަށް މުހިއްމު ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި

ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ، އެރިޓްރިއާގެ ފޮރިން މިނިސްޓަރު އުސްމާން މުޙައްމަދު ސަލާހާ ބައްދަލުކުރައްވައިފިއެވެ.

އެރިޓްރިއާއަކީ އެފްރިކާގެ ބައްރުގައި އޮންނަ ކްރިސްޓިއަން އަދި މުސްލިމު އާބާދީ ބޮޑު ޤައުމެކެވެ.

ޝައިނީ އާއި އުސްމާންގެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެ ޤައުމަށް މުހިއްމު ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައި، ދެޤައުމުގެ އެކުވެރިކަން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިހާރު ކުރިއަށްދާ އދ. ގެ 72 ވަނަ އާންމު ޖަލްސާގެ ހަވާސާގައި، ނިއު ޔޯކުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
22 ސެޕްޓެންބަރ 2017 | ހުކުރު 17:17
ޑރ ޓައިނީ
ލޮލް