ކ. މާލެ
|
22 ސެޕްޓެންބަރ 2017 | ހުކުރު 01:47
ދިއްދޫގެ ރައްޔިތުންތަކެއް ޕީޕީއެމް ޖަލްސާގައި ބައިވެރިވެފައި
ދިއްދޫގެ ރައްޔިތުންތަކެއް ޕީޕީއެމް ޖަލްސާގައި ބައިވެރިވެފައި
ރާއްޖެ އެމްވީ
މަޖިލީސް ބައި-އިލެކްޝަން
ރައްޔިތުންގެ މަޖިލީސް ބައި-އިލެކްޝަން ބާއްވަން ދިއްދޫގައި ވޯޓު ފޮއްޓެއް ނުބެހެއްޓޭނެ: ކައުންސިލް
އިންތިހާބު ބާއްވާނެ ތާރީހެއް އިލެކްޝަނުން ހާމައެއް ނުކުރޭ
ޕީޕީއެމް އިން ވަނީ އިންތިހާބުގެ ކެމްޕެއިން މަސައްކަތްތައް ފަށާފައި
ދިއްދޫގެ މެންބަރަކަށް ހުންނެވީ އަބްދުލް ލަތީފު

ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގެ ނަމުގައި ދިއްގޫގައި ވޯޓު ފޮއްޓެއް ނުބެހެއްޓޭނެ ކަަމަށް ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ދީދީ ވިދާޅުވެއްޖެ އެވެ.

 

ހާޝިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީސްގެ މިހާރުގެ ދައުރު 2019 ގައި ހަމަވެގެން ނޫން ގޮތަކަށް ހއ.ދިއްދޫގެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއް އޮންނަން ނުޖެހޭނެ ކަމަށާއި އެފަދަ ބައި-އިލެކްޝަނެއް ބާއްވާނެ ފުރުސަތުވެސް ނުދެއްވާނެ ކަމަށެވެ. ހާޝިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބައި- އިލެކްޝަންގެ ނަމުގައި ވޯޓުލުމަށް ދިއްދޫގައި ވޯޓު ފޮއްޓެއް ބެހެއްޓުމުގެ ފުރުސަތު އެރަށު ކައުންސިލުން ނުދެއްވާނެ ކަމަށެވެ.

 

ދިއްދޫ ކައުންސިލުން މިހެން ހާމަކޮށްފައިވާ އިރު މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުންވަނީ ގޮނޑި ގެއްލުނު ދާއިރާތަކުގެ ބައި-އިލެކްޝަން ބާއްވާނެ ކަމަށް އިއުލާނުކޮށްފަ އެވެ. އެގޮތުން ވިލިނގިލި ދާއިރާ އާއި މަޑުއްވަރީ ދާއިރާ އާއި ތުލުސްދޫ ދާއިރާގެ ބައި- އިލެކްޝަން ބާއްވާނެ ކަމަށް އެ ކޮމިޝަނުން އިއުލާނުކުރި އެވެ. އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމާ، ނެރުނު ބަޔާނުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން މެންބަރުންގެ ގޮނޑިޔާ ގުޅޭ ގޮތުން ނިންމި ނިންމުމުގައި އީސީ އިން މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ނިންމި ނިންމުން ބަދަލު ކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިނުވާ ކަމަށެެވެ.

 

އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނުން ގާނޫނުގައި ބަޔާކޮށްފައިވާ މުއްދަތު ފަހަަނައަޅާ ދިޔަ އިރުވެސް އިންތިހާބު ބާއްވާފައެއް ނުވެ އެވެ.

 

ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެމަޖިލީހުގެ މެންބަރަކުމެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވި ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރާން ވާނެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
23 ސެޕްޓެންބަރ 2017 | ހޮނިހިރު 01:00
Haivakaru
Dhidhoo ga thibyni vara edhumaagen ulhy council arun takeh rasha faidhaa vaa Bunyme nuvaane Rashu tharah gee a bynumeh nuvaane abadhu ves bynun vaani 2 party kolhen