ކ. މާލެ
|
22 ސެޕްޓެންބަރ 2017 | ހުކުރު 00:10
މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
ރާއްޖެ އެމްވީ
ފަލަސުރުހީ
އީސީގެ މެންބަރުންނަށް ރުހުން ދިނީ އަނިޔާވެރި ވާކަށް ނޫން: އަމީތު
އީސީ މެންބަރުން ދަނީ ގާނޫނުން ބޭރުން އެތައް އަމަލުތަކެއް ހިންގަމުން
އެ މެންބަރުންނަށް ދައުވާ ކުރާނަން
ޕީޕީއެމް ޔާމީން ފެކްޝަން ވަނީ ވަރަށް ބޮޑަށް ބައިބައިވެފައި

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ވޯޓުދީ، އެމަގާމުތަކަށް ހޮވާފައިވަނީ އަނިޔާވެރި ޒާލިމުންނަށް ވާކަށް ނޫން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި އަމީތު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށާއި ދިވެހި ރައްޔިތުން އެމަންޒަރު ދެކޭނެ ކަމަށެވެ. ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް އަމަލުތައް ހިންގަމުންދާ ކަމަށް ވިދާޅުވެ އަމީތު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން މަގާމުން ދުރުކުރަން ޖެހޭ ކަމަށެވެ.

ގާނޫނު އަސާސީ މުގުރާލާ މެންބަރުންތަކެއްް އެފަދަ މަގާމެއްގައި ބެހެއްޓުން ގަބޫލު ނުކުރެވޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަތުން އެ މެންބަރުންނަށް ވޯޓުދީފައިވަނީ. އޭގެތެރޭގައި އެބަތިބި ވޯޓު ހޯއްދަވަން އަޅުގަނޑުމެންނަށް ގުޅުއްވި މެންބަރުން. އަޅުގަނޑުމެން ވޯޓު ދިނީކީ އެބޭފުޅުން މަގާމަށް އައިމަ އަނިޔާވެރި ޒާލިމުންނަށް ވާކަށް ނޫން. މީހުންގެ މައްޗަށް އަނިޔާވެރި ވާކަން ނޫން. އެބޭފުޅުން އެ މަގާމުތަކުގައި ބައިތިއްބައިގެން މިގައުމުގައި ބޭއްވޭނެ އިންސާފުވެރި އިންތިހާބެއް ނޯންނާނެ." އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ މުއްދަތު ހަމަވެގެންދާނީ ޖަލުތަކުގެ ގޮޅިން ކަމަށާއި އެބޭފުޅުން އެކުރާ ކަންކަމަށް އިންސާފު އައިސް އަރާ ހަމަކުރާނެ ކަމަށެވެ.

ޕީޕީއެމުން ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތްތަކާ ގުޅޭ ގޮތުން އަމީތު ވިދާޅުވީ އިއުލާނު ކޮށްފައިނުވާ އިންތިހާބެއްގެ ކެމްޕެއިންއަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދީދީ ވަޑައިގެންނެވުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. ފާތުމަތު އިބްރާހިމް ދީދީ ކުރައްވާ ކަންކަން ބަލައިނުގަންނަ ކިތަންމެ މެންބަރުންނެށް ޕީޕީއެމްގެ ތެރޭގައި މިވަގުތުވެސް އެބަތިއްބެވި ކަަމަށާއި އެ މެންބަރުންވެސް ދެކޭ ގޮތުގައި އެ މެންބަރުންނަކީ ގައިދީންތަކެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.

އަމީތު ވިދާޅުވީ، ޕީޕީއެމްގެ ހާލަތު ގޮސްފައިވާ ހިސާބަށް ބަލާ އިރު ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު އެ ޕާޓީއާ ގުޅުމަށް ފަހު، އެންމެ އިސްކޮށް ކެމްޕެއިން ހަރަކާތްތަކުގައި އުޅުއްވާ މަންޒަރު ފެންނަނީ އޭނާ ކަމަށާއި އެކަން ޕީޕީއެމް ބައެއް މެންބަރުން ބަލައި ނުގަންނަ ކަމަށެވެ.

"ޕާޓީތަކަށް ބަަދަލުވެފައި ޕާޓީތަކުގެ އޯނަރޝިޕް ނަންގަވަނީ އެ ޕާޓީއެއް އުފެއްދުމުގައި އެއްވެސް ހިއްސާއެއް ނެތް މީހުން. މިހާލަތުގައި ޕީޕީއެމް ޔާމީން ފެކްޝަން އޮތީ. މިފަދަ ޕާޓީއަކަށް ކާމިޔާބު ކުރެވޭނެ އިންތިހާބެއް ނޯންނާނެ،" އަމީތު ވިދާޅުވި އެވެ.

ސަރުކާރުން ކާޑުގެ އަގާއި ކަރަންޓާއި ފެނުގެ އަގު ބޮޑު ކުރުމަށްފަހުވެސް ރައްޔިތުން އެ ފަރާތްތަކަށް އަތްތިލަބަޑި ޖަހަން ތިބޭނެ ކަމަށް ގަބޫލު ކުރުމަކީ ތާކުންތާކުންޖެހޭ ކަމެއް ނޫން ކަމަށް އަމީތު ވިދާޅުވި އެވެ.

ސަރުކާރުން ފްލެޓް ދޫކުރުމުގައި ހިންގާފައިވަނީ ވަރަށް ބޮޑު ޖަރީމާއެއް ކަން ފާހަގަކުރައްވައި އަމީތު ވިދާޅުވީ، މިފަދަ އަމަލުތަކެއް ސަރުކާރުން ހިންގަވަމުންދަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް