ކ. މާލެ
|
21 ސެޕްޓެންބަރ 2017 | ބުރާސްފަތި 21:29
ކެންދޫ ފަރަށް އެރި ލޭންޑިން ކްރާފްޓް
ކެންދޫ ފަރަށް އެރި ލޭންޑިން ކްރާފްޓް
ރާއްޖެ އެމްވީ
ބޯޓް ފަރަށް އެރުން
ލޭންޑިން ކްރާފްޓެއް އަރައި ކެންދޫ ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
5000 އަކަފޫޓްގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވޭ
މިރޭ ދަންވަރު ފުންކުރެވޭނެ

ބ. ކެންދޫ ފަރަށް ލޭންޑިން ކްރާފްޓެއް އަރައި ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ކެންދޫ ކައުންސިލްގެ މެމްބަރު އިބްރާހިމް އަބްދުއްރަހްމާން ވިދާޅުވީ ލޭންޑިން ކްރާފްޓް އެރަށު ހުޅަނގު ފަރާތު ފަރަށް އެރީ މިއަދު ހެނދުނު އެވެ. އެ ލޭންޑިން ކްރާފްޓް ކެންދުއަށް ދިޔައީ ބަނދަރު ހެދުމަށް އެރަށަށް ގެންގޮސްފައި ހުރި އެކްސްކަވޭޓަރު އަނބުރާ ގެންދިއުމަށެވެ.

"ފަރުގެ ގާތްގަނޑަކަށް 5،000 އަކަފޫޓް ވަރުގެ ސަރަހައްދެއް ވަނީ ހަލާކުވެފައި. އަދި ފުންކުރުމަށްޓަކައި އެކްސްކަވޭޓަރު ބޭނުން ކުރުމުން ވެސް ފަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި،" އަބްދުއްރަހްމާން ވިދާޅުވި އެވެ.

ފަރަށް އެރި ލޭންޑިން ކްރާފްޓް ފުންކުރަން އެކްސްކަވޭޓަރު ބޭނުންކުރަނީ

ލޭންޑިން ކްރާފްޓް ފުންކުރުމުގެ މަސައްކަތް މިއަދު ވެސް ކުރި ކަމަށާއި ނަމަވެސް މިހާރު އެ މަސައްކަތް ހުއްޓާލާފައި އޮތީ ދިޔަވަރު ތިލަވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.  

"އަލުން މަސައްކަތް ފަށާނީ މިރޭ ދިޔަވަރު އެންމެ ބޮޑުވާ ވަގުތުގައި. އެއީ ބާރަ، އެކެއް ޖަހާކަންހާއިރު. އެ ވަގުތު ބޯޓް ފުންކުރެވޭނެ ކަމަށް ބެލެވޭ،" އަބްދުއްރަހްމާން ވިދާޅުވި އެވެ.

ލޭންޑިން ކްރާފްޓުގެ ސަބަބުން ފަރަށް ލިބިފައިވާ ގެއްލުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ނާންގަ އެވެ. ފަރަށް ލިބުނު ގެއްލުންތައް ބަލައި، އުޅަނދު ފަހަރު ޖޫރިމަނާ ކުރަނީ އީޕީއޭއިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ޝާން އަނީސް
- ކޮމެންޓް