ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 14:21
އަނަސް މަރާލި މައްސަލާގައި ހޯދަމުންދާ ދެ މީހުން
އަނަސް މަރާލި މައްސަލާގައި ހޯދަމުންދާ ދެ މީހުން
ޕޮލިސް
އަނަސް
އަނަސް މަރާލި މައްސަލައިގައި ދެ މީހަކު ހޯދަނީ
އަނަސް މަރާލި މައްސަލާގައި މީގެން ކުރިން ވެސް ވަނީ ބަޔަކު ހައްޔަރު ކޮށްފަ

ރ. މީދޫ، ފެންފިޔާޒުގެ، މުހައްމަދު އަނަސް މަރާލި މައްސަލައާއި ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ. 

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހްގީގު ކުރަމުންދާ އަނަސްގެ މަރުގެ މައްސަލައާއި ގުޅިގެން ހޯދަމުންދާ ދެމީހުންނަކީ ތ. ކިނބިދޫ، ގުލްފާމުގެ އުމުރުން 21 އަހަރުގެ މުހައްމަދު ސާޒް އާއި މ. ލޮނުމިދިލިގެ  އުމުރުން 21 އަހަރުގެ އަފްރާޙް އަބްދުއްރައްޒާގެވެ. އެ ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހިއްސާ ކުރުމަށް ފުލުހުން އެދިފައި ވެއެވެ.

ފުލުހުން  ބުނި ގޮތުގައި އެ ދެ މީހުން ހޯދަނީ މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެރޭ ލިޓަސް ސަރވިސް ސެންޓަރުގެ ތެރޭގައި ތޫނު އެއްޗަކުން ޒުވާނަކަށް ހަމަލާދީ މަރާލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

އަނަސްގެ މަރާއި ގުޅިގެން މީގެ ކުރިން ވެސް ވަނީ ބަޔަކު ހައްޔަރު ކޮށްފައެވެ. 

އަނަސްގެ މަރުގެ މައްސަލައާ ގުޅިގެން މީގެ ކުރިން އޯގަސްޓް 17 ވަނަ ދުވަހު ފުލުހުން ވަނީ މ. ދިމިޝްކުގެ ބަލާފާސްކޮށް އުމުރުން 23 އަހަރުގެ ފިރިހެނަކާއި 18 އަހަރު ނުފުރޭ ފިރިހެން ކުއްޖަކު ވެސް ހައްޔަރު ކޮށްފަ އެވެ.

އަނަސް މަރާލާފައި ވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސަރވިސް ސެންޓަރު ތެރޭގައި ހުއްޓަ އެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ހަތަރު މީހުންގެ ގްރޫޕަކުން ތޫނު ހަތިޔާރާއެކު ލިޓަސް ސަރވިސް ސެންޓަރު ތެރެއަށް ވަދެ އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީފައިވެއެވެ. ލިޓަސް ސަރވިސް ސެންޓަރަށް އަނަސް ދުވެފައި ގޮސް ވަދެފައި ވަނީ އެމީހުން އޭނާގެ ފަހަތުން ދުވެފައި ދިއުމުން ކަން ވީޑިއޯއިން އެނގެ އެވެ. އަނަސް އަށް ހަމަލާދިން އެންމެން ވެސް ތިބީ މާސްކް އަޅައިގެންނެވެ.

އަނަސްގެ ހަށިގަނޑުގެ 37 ތަނަކަށް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ހަމަލާދިން އިރު، އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް