ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 13:30
އާސަންދަ ކުންފުނީގެ އެމްޑީ ހަސަން އަލީ
އާސަންދަ ކުންފުނީގެ އެމްޑީ ހަސަން އަލީ
މުހައްމަދު ޝަރުހާން
އާސަންދަ
އާސަންދައިގެ ދަށުން ހިދުމަތްދޭ ތަންތަނަށް ދޭން ހުރި ފައިސާގެ އަދަދު ހާމައެއް ނުކުރި!
މިހާތަނަށް އާސަންދައިން 300 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރެވިފައިވޭ

އާސަންދައިގެ ދަށުން ހިދުމަތް ދެމުން ގެންދާ  ތަންތަނަށް އެ ކުންފުނިން ދައްކަން ޖެހޭ ފައިސާ އަދަދު މި ވަގުތު ހާމަ ކުރެވެން ނެތް ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ. 

އާސަންދަ ކުންފުނިން ތަޢާރަފް ކޮށްފައިވާ "ހުސްނުވާ އާސަންދަ ސްކީމް" އާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އާސަންދަ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އާސަންދައިގެ ދަށުން ހިދުމަތް ދެމުން ދެމުން ގެންދާ ފާރމަސީތަކަށާއި ހޮސްޕިޓަލްތަކުގެ އިތުރުން ކްލިނިކްތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން އާސަންދަ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު ހަސަން އަލީ ވިދާޅުވީ އެ މައުލޫމާތުތައް ހާމަކުރަނީ އަހަރު ނިންމުމަށް ފަހު އެ ކުްނފުނިން ނެރޭ އަހަރީ ރިޕޯޓުގައި ކަމަށާއި އެ މައުލޫމާތުތައް މިވަގުތު ހާމަ ކުރެވެން ނެތް ކަމަށެވެ. 

ހަސަން އަލީ ވިދާޅުވީ ދައުލަތުން އާސަންދަ ކުންފުންޏަށް ދީފައިވާ ބަޖެޓުން މިއަހަރުގެ މިހތަނަށް 300 މިލިޔަނަށް ވުރެ ގިނަ ރުފިޔާ "ހުސްނުވާ އާސަންދަ ސްކީމް" ގެ ހަރަދުތަކަށް ހޭދަ ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެިއން ބޮޑު ބައެއް ހޭދަ ކޮށްފައި ވަނީ ރާއްޖޭގައި ހުންނަ ފާމަސީތަކަށާއި އަދި ރާއްޖެއިން ބޭރުން އާސަންދައިގެ ދަށުން ހިދުމަތް ދެމުން ގެންދާ ހޮސްޕިޓަލްތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގައި ހިންގާ ފާރމަސީތަކަށް 25 ޕސެމްޓް ހަރަދު ކުރެވިފައިވާއިރު ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކަށް 20 ޕަސެންޓް ހަރަދު ކުރެވިފައިވާ ކަމަށް ހަސަން އަލީ ވިދާޅުވިއެވެ. 

އާސަންދަ ސްކީމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފާރމަސީތަކުން ޑިޕޮސިޓް ފައިސާގެ ގޮތުގައާއި އަދި އެހެން ފީގެ ގޮތުގައި އާސަން އަށް ބޮޑެތި ފީތަކެއް ދައްކަން ޖެހޭ ގޮތަށް ނިޒާމަށް ބަދަލު ގެންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ސުވާލު ކުރުމުން ހަސަން އަލީ ވިދާޅުވީ ފާމަސީތަކުން އަދި ފީއެއް ނެގުމަށް އަންގާފައި ނުވާ ކަމަށާއި އަދި އެފަދަ ކަމެއް އަދި ތަންފީޒް ނުކުރާ ކަމަށެވެ. ނަމަވެސް ނިޒާމަށް ބަދަލުތަކެއް ގެންނަން މަޝްވަރާ ކުރެވެމުންދާ ކަމަށް ހަސަން އަލީ ވިދާޅުވިއެވެ. 

ހަމައެހެންމެ އާސަންދަ ކުންފުނީގެ ކޮރޮޕްޝަންގެ މައްސަލަތަކެއް އޭސިސީން ބަލަމުންދާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ހަސަން އަލީ ވިދާޅުވީ މުއައްސަސާއެއްގެ ތެެރެއިން ގޯސްކޮށް ކަމެއް ހިނގާ ނަމަ އެކަމެއް އޭސީސީން ބަލަން ޖެހޭނެ ކަމަށާއި އެގޮތުގެ މަތިން އާސަންދައިން ކުރާ މަސައްކަތްތައް ވެސް ތަހުގީގު މުއައްސަސާތަކުން ބެލުމަށް އެދޭ ކަމަށެވެ. އަދި ތަހުގީގީ މުއައްސަސާތަކުން ބެލުމުން އެއްވސް ކަމެއް ގޯސްކޮށް ހިނގާފައި ވާނަމަ އެކަން އެނގޭނެ ކަމަށް ހަސަން އަލީ ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
20 ސެޕްޓެންބަރ 2017 | ބުދަ 13:37
ސައްޕޭ
އެކަމަކު ހުރިހާ ފާމަސީތައް ރީރަޖިސްޓްރީ ކުރަން 1 ލައްކަރުފިޔާ ދައްކަންޖެހިއްޖެ.، ދުވަސްކޮޅެއްކުރީގައި ހުރިހާވިޔަފާރިތައް ރީރަރަޖިސްޓްރީ ކޮށްގެން ލާރިގަޑު އަތުލާފި. ޔާމީނަށް ލާރިހޯދާނެ އާކަމެއް ދަންނަވާލަފާނަން ، ހުރިކާވެނިތައް ރީރަޖިސްޓްރީކުރީމާ މާގިނަ ލާރިލިބޭނެ، އަދި އެއަށްވުރެ ގިނަވާނެ އުފަންދުވަސް ރީރަޖިސްޓްރީ ކުރީމަ.