ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 05:01
 ކެންދޫ ދާއިރާގެ މެމްބަރު އަލީ މިރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވަހަކަ ދައްކަވަނީ
ކެންދޫ ދާއިރާގެ މެމްބަރު އަލީ މިރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވަހަކަ ދައްކަވަނީ
އަބުދުﷲ ނަސީރު އިބްރާހިމް
ފްލެޓްތަކުގެ މައްސަލަ
ހައުސިން މިނިސްޓަރ މުއިއްޒުގެ ސަބަބުން ދައުލަތަށް އެއް ބިލިއަން ރުފިޔާގެ ގެއްލުމެއްވެއްޖެ: އަލީ ހުސެއިން
ޑރ. މުއިއްޒު ރޯ ހައުސިން ޔުނިޓް ބައްލަވާ ގަތީ ގާނޫނާ ހިލާފަށް
ފްލެޓް ލިބުނު މީހުންގެ ނަންތައް ހާމަ ކުރުމަށް އެއްވެސް ހުރަހެއް ނެތް
މުއިއްޒު އިސްވެ ހުންނަވާ ކުރިއަށްގެންދާ ޕްރޮޖެކްޓުތަކުގެ ސަބަބުން ދައުލަތަށް ބޮޑު ގެއްލުމެއް ލިބިފައިވޭ

ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒުގެ ސަބަބުން ދައުލަތައް އެއް ބިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

 

"ފްލެޓްތަކުގެ ތަފްސީލް ހާމަކުރޭ" މި ނަމުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ހައުސިން މިނިސްޓްރީން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ދިރާސާކޮށް ބަލާއިރު ގިނަ އަދަދެއްގެ ފައިސާގެ ގެއްލުން މިހާތަނަށްވެފައިވާ ކަމަށެވެ.

 

"ޓާޓާ ފެލްޓްތަކުގެ އެއްބަސްވުމަށް އޮނާ ނުކުރުމުގެ ސަބަބުންނާއި ރަސްފަންނުގެ ބައެއް ކަންކަން ފަސް ހަފަހަރަށް ކުރަން ޖެހުމުގެ ސަބަބުންނާއި، ތަނެއް ދޮރެއް ބަލާލުމެއް ނެތި މާސިންގާ ކަނޑުން ނެރެއް ކަނޑައިގެން އެތަނަށް އެރި ބޯޓުތަކުންނާއި އުޅަނދުތަކަށް ލިބުނު ގެއްލުމަށް ބަލާއިރު މިއީ ވަރަށް ބޮޑެތި ގެއްލުން." އަލީ ހުސެއިން ވިދާޅުވި އެވެ.

 

ޑރ. މުއިއްޒު ހުޅުމާލެ ރޯހައުސް އެއް ބައްލަވާގެންފައިވާ މައްސަލައާ ގުޅޭ ގޮތުން އަލީ ހުސެއިން ވިދާޅުވީ ދައުލަތުގެ ބިމެއް ގަނެއް ނުވަތަ ކުއްޔަށް ދިނުމަކީ ވަޒީރަކަށް ހުރެ ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

 

" މުއިއްޒު ވިދާޅުވެދާނެ ކަންނޭނގެ ފްލެޓްތަތަކީ ނުވަތަ ހުޅުމާލެ ބިމަކީ އެއީ ސަރުކާރުގެ ކުންފުންޏެއްގެ ބިމެކޭ. ކީއްވެގެންތޯ ހައުސިން މިނިސްޓްރީން މި ދޫކުރައްވަނީ. އެހެންވީމަ މުއިއްޒުވެސް އެބަ ގަބޫލު ކުރައްވާ މިއީ ދައުލަތުގެ ބިންކަން. އަދި ދައުލަތުގެ މާނައިގަ އޮންނާނެ ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކާ ދައުލަތުން ކޮންޓްރޯލްކުރާ މި ހުރިހާ އެއްޗެއް. އެހެންވީމަ ދައުލަތުގެ ބިމެއް މިނިސްޓަރަކަށް ބައްލަވައެއް ނުގަނެވޭނެ،" އޭނާ ވިދާޅުވި އެވެ.  

 

އޭގެ އިތުރަށް ފްލެޓް ލިބުނު ފަރާތްތަކަށް ލިބުނު މާކްހާއި ލިބުނު މީހުންގެ ނަންތައް ހާމަ ނުކުރުމަށް ޑރ. މުއިއްޒު ދައްކަވަނީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށްވެސް އަލީ ހުސެއިން ވިދާޅުވި އެވެ. ޑރ. މުއިއްޒުގެ ގާނޫނާ ހިލާފު އެތައް ކަމެއް ކުރައްވި ނަމަވެސް މި ވަގުތު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރެވޭނެ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އޮތީ ރާއްޖޭގެ ސިފައިން ހައިޖެކް ކޮށްފައި ކަމަށެވެ.  

 

އަލީ ހުސެއިން ވިދާޅުވީ، ރާއްޖޭގެ އާބާދީގެ 70 ޕަސެންޓް މާލެއަށް ގެނައުމަށް ރައީސް އަބްދުﷲ ޔާމިން ބޭނުންފުޅުވާއިރު ސަރުކާރުގެ ބޭނުމަކީ ފްލެޓްތައް އަގު ބޮޑުކޮށް އެއިންވެސް ފައިދާ ހޯދުން ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީގައި އޮތީ ސޯޝަލް ހައުސިންގެ ވާހަކަ ކަމަށާއި ކޮމާޝަނަލް ހައުސިންގެ ވާހަކަ ނޫންކަންވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

 

"ގާނޫނު އަސާސީގެ 23 ވަނަ މާއްދާގައި މި ބަޔާންކުރާ މި ބޯހިޔާވާހިކަމުގެ ހައްގަށް މި އުޅޭނީ، ކޮމާޝަލައިޒް ކޮށްލާ، ބޮޑު ވިޔަފާރިއަކަށް ބަދަލުކޮށްލަން. އެކަން އެ ގޮތަކަށް ނުކުރެވޭނެ." އަލީ ހުސެއިން ވިދާޅުވި އެވެ.

 

އަލީ ހުސެއިން ވަނީ، ފްލެޓް ދިނުމުގައި ގެން ގުޅޭ ހަމަ ނުޖެހޭ ސިޔާސަތާ ގުޅޭ ގޮތުން އޭނާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

 

" އަޅުގަނޑާ ދިމާވެއްޖެ، މާލޭގައި ކުއްޔަށް 45 އަހަރު ކުލި ދައްކާލަ ދައްކާލާ އުޅޭ މީހަކާ. މިފަހަރުވެސް އޭނާއަކަށް ފްލެޓެއް ނުލިބޭ. އެހެންވީމަ އަޅުގަނޑުމެން އެބަ ޖެހޭ މި ހައުސިން ޕޮލިސީއާމެދު އަލުން ވިސްނާލަން،" އޭނާ ވިދާޅުވި އެވެ.

 

ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ ކުރިން އެމީހުން ގޭގެ ގޮސް ގޭގެ ކުއްޔަށްދެނީ ކިހާވަރެއްތޯ ބަލާއި އެމީހުންގެ ދިރިއުޅުމުގެ ހާލަތްތަކާމެދު ވިސްނާފައިނެތް ކަމަށް ވެސް  އަލީ ހުސެއިން ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް