ކ. މާލެ
|
19 ސެޕްޓެންބަރ 2017 | އަންގާރަ 22:50
ރޮހިންޖާ މުސްލިމުންނަށް އެހީވުމުގެ މަސައްކަތް ކުރަނީ
ރޮހިންޖާ މުސްލިމުންނަށް އެހީވުމުގެ މަސައްކަތް ކުރަނީ
ރާއްޖެ އެމްވީ
ރޮހިންޖާ މުސްލިމުން
ރޮހިންޖާ މުސްލިމުންނަށް އެހީފޯރުކޮށްދިނުމަށް ހުޅުވި ފަންޑުގެ މުއްދަތު އިތުރުކޮށްފި
މުއްދަތު އިތުރުކޮށްފައިވަނީ 29 ސެޕްޓެމްބަރަށް
އާންމު ރައްޔިތުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައި
ރެޑް ކްރެސެންޓުން ވަނީ ފައިސާ ޖަމާކުރާނެ އެކައުންޓް ނަންބަރު އާންމުކޮށްފަ

ރޮހިންޖާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ހުޅުވާލި ފަންޑަށް ފައިސާގެ އެހީ ޖަމާކުރުމުގެ  މުއްދަތު އިތުރުކޮށްފި އެވެ.

ދިވެހި ރެޑް ކްެރިސެންޓުން ބުނީ މިޔަންމާގެ ރަޚައިނު ސްޓޭޓް އިން ބަންގްލަދޭޝްއަށް ހިޖުރަ ކުރަމުންދާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން މިމަހުގެ 6 ވަނަ ދުވަހުން 20 ވަނަ ދުވަހުގެ ނިއަލަށް ފަންޑެއް ގާއިމްކޮށް ފައިސާ ޖަމާކުރުމަށް ހުޅުވާލި ކަމަށެެވެ. އެހެން ނަމަވެސް އެކި ފަރާތްތަކުން ފަންޑަށް ފައިސާ ޖަމާކުރަމުން ދިއުމާއި ރައްޔިތުންގެ ބޮޑު ތަރުހީބެއް މި ފަންޑަށް ލިބެމުން ދާތީ 29 ސެޕްޓެމްބަރުގެ ނިއަލަަށް ފަންޑަށް ފައިސާ ހަދިޔާ ކުރުމަށް ހުޅުވާލާފައިވާ ކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުނެ އެވެ.

ރެޑް ކްރެސެންޓުން މިފަދަ ފަންޑެއް އެކުލަވާލާފައި ވަނީ އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީއިން އެމަރޖެންސީ އެހީއަށް އެދުމާ ގުޅިގެން އެކަމަށް އިޖާބަ ދިނުމުގެ ގޮތުންނެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
20 ސެޕްޓެންބަރ 2017 | ބުދަ 00:02
Ismail
Kobaa acount no.