ކ. މާލެ
|
19 ސެޕްޓެންބަރ 2017 | އަންގާރަ 21:47
ހައުސިންގ މިނިސްޓަރ ޑޜ. މުހައްމަދު މުއިއްޒު
ހައުސިންގ މިނިސްޓަރ ޑޜ. މުހައްމަދު މުއިއްޒު
މުހައްމަދު ޝަރުހާން
ގެދޮރުވެރިކުރުން
ރައީސް ނަޝީދު އެޅި ހައުސިންގ ޔުނިޓެއް ނުހުނާނޭއޭ ވިދާޅުވުމުން، މުއިއްޒު ހޫނު ފެނަށް!
މުއިއްޒު ވިދާޅުވީ ދިއްދޫއިން އެއްބާރުލުން ނުދޭ ކަމަށާއި ކުރަނީ ޖެއްސުން ކަމަށް
ދިއްދޫ ކައުންސިލުން ވަނީ ހައުސިންގ ޔުނިޓްތަކުގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައި
ހައުސިން މިނިސްޓްރީން އާއްމުކުރި ލިސްޓަށް ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ޝަކުވާ ހުށަހަޅަމުން

ހއ. ދިއްދޫގައި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އަޅަން ފެށި އެއްވެސް ހައުސިންގ ޔުނިޓެއް ނުހުންނާނެ ކަމަށް ހައުންސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ މުއިއްޒުއަށް ފާޑު ކިޔަމުންނެވެ.

މުއިއްޒު އެގޮތަށް ވިދާޅުވިއިރު، މާލެއިން ފްލެޓް ލިބޭ މީހުންގެ ލިސްޓާއި ރާއްޖޭގެ ހަތަރު ރަށެއްގައި އިމާާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓްތައް ލިބިފައިވާ މީހުންެގެ ލިސްޓްތަކާއި ގުޅިގެން ހައިސިންގ މިނިސްޓްރީގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި މުއިއްޒު ވަނީ ދިއްދޫ ކައުންސިލުން އެއްބާރުލުން  ނުލިބޭކަމަށާއި  އެކައުންސިލުން ކުރަނީ ޖެއްސުންކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ދިއްދޫ ކައުންސިލުން އެކަން ދޮގުކުރެ އެވެ.

 

ދިއްދޫ ކައުންސިލުންވެސް ބުނަމުންދަނީ ހައުސިންގ ޔުނިޓްތައް ލިބޭ ކަމަށް މިނިސްޓްރީން އާއްމުކޮށްފައިވާ ލިސްޓާއި ގުޅޭގޮތުން ރައްޔިތުންގެ ޝަކުވާ ވަރަށް ބޮޑު ކަމަށާއި އެ ލިސްޓްގައި މައްސަލަ އުޅޭ ކަމަށެވެ.

ދިއްދޫގައި ހައުސިންގ ޔުނިޓް ދޫކުރުމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް އުޅޭކަމަށް ތުހުމަތުކޮށް އެރަށު ކައުންސިލުން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ.

 

ރާއްޖޭގައި މިހާރު  އަޅަމުންދާ ގިނަ ހައުސިންގ ޔުނިޓްތަކާއި ފްލެޓްތަކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފައިނޭންސް ހަމަޖައްސާ، ގިނަ ޕްރޮޖެޓްތަކުގެ އަމަލީ މަސައްކަތް ފަށާފައިވާ ޕްރޮޖެކްޓްތަކެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް