ކ. މާލެ
|
19 ސެޕްޓެންބަރ 2017 | އަންގާރަ 19:36
ސައިކަލުގައި އިން 24 އަހަރުގެ މީހާ ވައްޓާލި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅި..ފޮޓޯ:ޕޮލިސް
ސައިކަލުގައި އިން 24 އަހަރުގެ މީހާ ވައްޓާލި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅި..ފޮޓޯ:ޕޮލިސް
މަސްތުވާތަކެތި އަތުލައިގަތުން
ބަނގުރަލުގެ މައްސަލައެއްގައި ދެ ޒުވާނަކު ހައްޔަރުކޮށްފި
ދެ މީހުން ހައްޔަރުކުރީ ފުވައްމަލަކު ސިޓީ އިން
އެމީހުންގެ ބަންދަށް ފަސް ދުވަސް ވަނީ ކޯޓުން އިތުރުކޮށްދީފަ

ބަނގުކާމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިއަކާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ. 

 

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދެ މީހުން ހައްޔަރު ކުރީ ފުވައްމުލަކު ސިޓީން ކަމަށެވެ. ފުލުހުން ބުނީ ހައްޔަރު ކޮށްފައިވަނީ 23 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއް ކަމަށެވެ.

 

އަދި އެމީހުންގެ ތެރެއިން އެކަކު އަތުގައި އޮތް ބަނގުރާކަމަށް ޝައްކު ކުރެވޭ އެއްޗެހި އަޅާފައިވާ ފުޅިއެއް އެއްލިތަން ފުލުހުންނަށް ފެނިފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.  

 

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ ބަނގުރާހުރި ފުޅިއެއް ހިފައިގެން ދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމަށް ވެސް ފުލުހުން ފާހަގަކޮށްފައިވެ އެވެ.

 

އެމީހުން ހައްޔަރުކުރީ ރޭ 21:43 ހާއިރު ފުވައްމުލަކު މިސްކިތްމަގު އަވަށުގެ ހަނދާންގޯޅިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވާ ބަލައިފާސްކުރުމަށް ފަހު ކަމަށް ފުލުހުން ފާހަގަކޮށްފައިވެ އެވެ.

 

" މި ދެމީހުންނަށް ފުލުހުން ފެނުމާއެކު މިދެމީހުންގެ ތެރެއިން 24 އަހަރުގެ މީހާގެ އަތުން ބިންމައްޗަށް އެއްޗެއް ވައްޓާލިތަން ފުލުހުންނަށް ފެނުމާ ގުޅިގެން އެމީހުން ހުއްޓުވައި، އެތަން ބަލައިފާސްކުރިއިރު އެދިމާ ބިންމަތިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފުޅިއެއް ފެނިފައިވެއެވެ." ފުލުހުން ބުނެފައިވެ އެވެ.

 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުުރުމުން އެ ކޯޓުން ވަނީ ބަންދަށް ފަސް ދުވަސް ޖަހާދީފަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް