ކ. މާލެ
|
19 ސެޕްޓެންބަރ 2017 | އަންގާރަ 12:08
ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ
ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ
ރައީސް އޮފީސް
ޕީޕީއެމް
ސަރުކާރާއި ޕާޓީއާ ދެމެދު ހިޔާލްތަފާތުވުން އޮތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: އަބްދުއްރަހީމް
ވެރިކަން ދެމެހެއްޓުމަކީ ޕާޓީން ކުރަން ޖެހޭނެ މަސައްކަތެއް
ސަރުކާރުގެ ސިޔާސަތުތައް ތަންފީޒް ކުރުމަށް ޕާޓީން އެއްބާރުލުން ދޭން ޖެހޭނެ

ވެކަން ކުރާ ޕާޓީ އާއި ސަރުކާރާ ދެމެދު ހިޔާލް ތަފާތުވުން އޮތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. 

ޕީޕީއެމްއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ވައި 18 ސްޕޯރޓްސް ފިއެސްޓާ" އިފްތިތާޙްކުރުމަށް ނެޝަނަލް އާޓް ގެލެރީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އަބްދުއްރަހީމް ވިދާޅުވީ ޕާޓީއަކުން ވެރިކަމަށް އަންނަނީ ވަަރށް ބުރަ މަސައްކަތްތަކެއް ކޮށްގެން ވަަރަށް ގިނަ ވަޢުދުތަކެއް ވެގެން ކަމަށާއި އެހެން ކަމުން ޕާޓީއަކުން ވެރިކަން އައުމަށް ފަހު އެ ވެރިކަން ކުރާ ޕާޓީއާއި ސަރުކަރާ ދެމެދު ހިޔާލްތަފާތުވުން އޮވެގެން ނުވާނެ ކަމަށެވެ. 

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްއަކީ ވެރިކަން ކުރާ ޕާޓީ ކަމަށް ވާއިރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަސްޓަކައި ކުރާ މަސަްކަތަތްކާއި ހިންގާ މަޝްރޫޢުތަކަށް ޕީޕީއެމްެގެ ހުރިހައި މެމްބަރުންނާއި އަދި މަޖިލިސް މެމްބަރުންގެ އިތުރުން ޕާޓީގެ ކައުންސިލް މެމްބަރުން އެއްބާރުލުން ދޭން ޖެހޭނެ ކަމަށެވެ. 

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ އސޫލްތަކާ އެއްގޮތަށް ސަރުކާރުން ކުރިއަސް ހުރިހާ މަސައްކަތްތަކަކަށް ޕާޓީ ތެެރެއިން ފުރިހަމަ އަށް އެއްބާރުލުން ދީ ޕާޓީގެ ވެރިކަން ދެމެހެއްޓުމަކީ ޕާޓީގެ ހުރިހާ ގުނަވަންތަކަކުން އަދި ޕާޓީގެ ހުރިހާ މެމްބަރުން ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި ޕީޕީއެމް އިން އިސްނައިގެން ކުރިއަށް ގެންދާ މި ކުޅިވަރު ފެސްޓިވަލްގައި ޕާޓީގެ ހުރިހާ މެމްބަރުންނާއި މަޖިލިސް މެމްބަރުންގެ އިތުރުން ސަރުކާރުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުަމަށް އަބްދުއްރަހީމް އިއުތިމާސް ކުރެއްވިއެވެ. 

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ހަމައެކަނި ކުރަން ޖެހޭ މަސައްކަތަކީ ވެރިކަމަށް އައުމަށް މަސައްކަތް ކުރުން ނޫން ކަމަށާއި އެހެނިހެން އިޖުތިމާއީ މަސައްކަތްތައް ވެސް ކުރަން ޖެހޭނެ ކަމަށެވެ. އަދި ޕީޕީއެމް އިން އިސްނަގައިގެން ކުރަނީ އެ މަސައްކަތްތައް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް