ކ. މާލެ
|
19 ސެޕްޓެންބަރ 2017 | އަންގާރަ 00:12
ގުޅިފައިވާ ޕާޓީތަކުގެ ސްޕޯކްސް ޕާސަން އަހުމަދު މަހްލޫފް
ގުޅިފައިވާ ޕާޓީތަކުގެ ސްޕޯކްސް ޕާސަން އަހުމަދު މަހްލޫފް
މުހައްމަދު ޝަރުހާން
ގުޅިފައިވާ ސިޔާސީ ޕާޓީތައް
ފްލެޓްތަކުގެ ތަފްސީލް ހާމަ ކުރުމަށް ގޮވާލާ ޕެނަލް ޑިސްކަޝަނެއް ބާއްވަނީ
ޕެނަލް ޑިސްކަޝަން ބާއްވަނީ މާދަމާރޭ 9:15 ގައި ސޯލްޓްގައި

ފްލެޓްތަކުގެ ތަފްސީލް ހާމަކުރުމަށް ގޮވާލާ ޕެނަލް ޑިސްކަޝަނެއް ބޭއްވުމަށް ގުޅިފައިވާ ޕާޓީތަކުން ނިންމައިފިއެވެ.

ގުޅިފައިވާ ޕާޓީތަކުން އިންތިޒާމް ކޮށްގެން ބާއްވާ މި ޕެނަލް ޑިސްކަޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހުގެރޭ 9:15 ގައި ސޯލްޓްގައެވެ.

މިޕެނަލް ޑިސްކަޝަން ބޭއްވުމަށް ނިންމާފައި މިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދާދިފަހުން ދޫކުރި ފްލެޓްތައް ދޫކުރުމުގައި އަޑި ނޭނގޭ ގިނަ ކަންތައްތަކެއް ހުރި ކަމަށާއި އެފްލެޓްތައް ދޫކުރުމުގައި ސިޔާސީ ނުފޫޒް ވަދެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ސަރުކާރުން ފްލެޓް ލިބުނު ފަރާތްތައް ކަނޑައަޅާ ލިސްޓް ޢާއްމުކުރިއިރު އޭގައި ވަނީ ހަމައެކަނި އެމީހެއްގެ ފޯމް ނަމްބަރެވެ. އޭގައި މީހުންގެ ނަންތައް ނެތުމާއި ޕޮއިންޓް ލިބުނު ވަރު ހާމަކޮށްފައެއް ނުވެއެވެ. އަދި ފްލެޓް ލިބުމުގައި ވަރަށް މަތިން މާކްސް ލިބުނު ފަރާތްތަކަށް ނުލިބިވާއިރު ވަރަށް ދަށްކޮށް ޕޮއިންޓް ލިބުނު ފަރާތްތަކަށް ފްލެޓް ލިބިފައިވާކަން ވަނީ ހާމަވެފައެވެ.

ފްލެޓާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވަނިކޮށް ހައުސިންގ މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ މުއިއްޒު ވިދާޅުވީ ފެލެޓް ލިބުނު މީހުންގެ ފައިނަލް ލިސްޓް މި މަސް ނިމުމުގެ ކުރިން އާންމު ކުރާނެ ކަމަށާއި ނަމަވެސް ފްލެޓް ލިބުނު މީހުންނަށް ލިބުނު ޕޮއިންޓެއް އާންމު ނުކުރާނެ ކަމަށެވެ.

ފޯމް ހުށަހެޅިއިރު ލިބުނު ޕޮއިންޓަށް ބަދަލު އައިސްވާ ގޮތް އާންމު ކުރާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ފޯމް ހުށަހެޅުމަށް ފަހު މިނިސްޓްރީން އަލުން ފޯމްތައް ރިވިއުކޮށް ކުރި ސާވޭތަކަށް ފްލެޓަށް އެދި ހުށަހެޅި މީހުންނަށް ލިބުނު ޕޮއިންޓަށް އައިސްފައިވާ ބަދަލު އެ މީހުންނާ ހިއްސާ ކުރާނެ ކަމަށާއި އަދި ފްލެޓް ނުލިބުނު މީހުންނަށް ފްލެޓް ނުލިބުނީ ކީއްވެގެންކަން ވެސް އަންގާނެ ކަމަށެވެ.

ސަރުކާރުގެ ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމްގެ ދަށުން 661 ފަރާތަކަށް ފްލެޓް ލިބިފައިވާ ކަމަށް ބުނެ ހައުސިންގ މިނިސްޓްރީން އާއްމު ކޮށްފައިވާ ލިސްޓްގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ، ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރު މުއިއްޒުއަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް