ކ. މާލެ
|
18 ސެޕްޓެންބަރ 2017 | ހޯމަ 13:44
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން
ރައީސް އޮފީސް
މުހުތާޒް މުހުސިން
ޖަލު ކުށްތަކަށް ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް މުހުތާޒް އެދިވަޑައިގަންނަވައިފި
ޖަލު ކުށްތަކާއި އަދަބުތަކުގެ މައުލޫމާތު ކޮޕީއެއް ގައިދީންނަށް ދެވެން ދެން
ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 101 ވަނަ މާއްދާގެ (ހ) ލާޒިމްކުރޭ
ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލާގައި 17 އަހަރަށް ޖަލަށްލާފައި

ޖަލު ކުށްތަކާ ގުޅިގެން ގައިދީންނަށް ފިޔަވަޅު އެޅުމުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް، ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން އެދިވަޑައިގަންނަވައިފި އެވެ.

ދައުލަތާ ދެކޮޅަށް މުހުތާޒް ކުރައްވާ ދައުވާގައި ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި މުހުތާޒް އެދިވަޑައިގެންނެވީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ގައިދީންނަށް ދޭންޖެހޭ ޖަލު ކުށްތަކާއި އެ ކުށްތަކުގެ އަދަބުތަކުގެ ކޮޕީއެއް ދެވެން ދެން، ޖަލު ކުށްތަކާ ގުޅިގެން ފިޔަވަޅު އެޅުން ހުއްޓުވުމަށެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 101 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އެ ގާނޫނުގެ ދަށުން ޖަލު ކުށް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުގެ ތަފްސީލާއި، ޑިސިޕްލިނަރީ ނިޒާމު ހިނގާ ގޮތާއި، ކަނޑައެޅޭ އަދަބުތަކުގެ ކޮޕީއެއް ގައިދީންނަށް ފެންނަ ތަނެއްގައި ބަހައްޓައި އަދި ގައިދީއަކު އެދިއްޖެނަމަ، އޭނާއަށް އޭގެ ކޮޕީއެއް ދޭންވާނެ ކަމަށެވެ.

އެހެންނަމަވެސް، ކޮޕީއެއް ދިނުމެއް ނެތި ފިޔަވަޅު އަޅަމުންދާ ކަމަށް ވިދާޅުވެ މުހުތާޒް ވަނީ ދައުލަތާ ދެކޮޅަށް ދައުވާ ކުރައްވާފަ އެވެ. އެ ކޮޕީ ދިނުމެއް ނެތި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މުހުތާޒާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅަކާއި ގުޅޭ މައްސަލައިގައި ވެސް އޭނާ ވަނީ ދައުވާ ކުރައްވާފަ އެވެ.

އެ ދެ ދައުވާގެ މައްސަލަ މިހާރު އޮތީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގަ އެވެ. ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާއަކީ ޝަރީއަތަށް މައްސަލަ ނުފޮނުވައި ދެ ފަރާތުން މަޝްވަރާކޮށް ދައުވާގައިވާ ކަންކަން ހައްލުކުރާ މަރުހަލާއެކެވެ. ޝަރީއަތަށް މައްސަލަ ފޮނުވާނީ ދެ ފަރާތުން މަޝްވަރާކޮށްގެން ހައްލެއް ނުލިބިއްޖެނަމަ އެވެ.

މިފަދަ ފިޔަވަޅުތައް ގައިދީންގެ ރެކޯޑުގައި ހިމަނާއިރު، ކްލެމެންސީ ބޯޑުން ޕެރޯލްގެ ދަށުން ގައިދީން ދޫކޮށްލާއިރު ރެކޯޑަށް ރިއާޔަތް ކުރެ އެވެ. މުހުތާޒަށް އެޅި ފިޔަވަޅު އިސްތިއުނާފް ވެސް ކުރެއްވި އެވެ.

މުހުތާޒް 17 އަހަރަށް ޖަލަށް ލާފައިވަނީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި ކަމަށް ބުނާ މައްސަލައިގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް