ކ. މާލެ
|
17 ސެޕްޓެންބަރ 2017 | އާދީއްތަ 23:54
އަޝްވާ ކުޑަކުދިންތަކެއްގެ ފޮޓޯއެއް ނަގަނީ!
އަޝްވާ ކުޑަކުދިންތަކެއްގެ ފޮޓޯއެއް ނަގަނީ!
ފޭސްބުކް
ޕީސް ބޯޑުގެ ދަތުރު
ޕީސް ބޯޓުން ކުރާ ޔޫތް އެމްބެސިޑަރުންގެ ދަތުރުގައި ދިވެހި ޒުވާނެއް ބައިވެރިވަނީ!
ޕީސް ބޯޓު ދަތުރުގައި 8 ގައުމަކުން ބައިވެރިވޭ
ދަތުރު ފަށަނީ 22 ސެޕްޓެމްބަރުގައި
މިދަތުރުގައި ބައިވެރިވަނީ 19 އަހަރައި 26 އަހަރުގެ ޒުވާނުން

ޕީސް ބޯޓުން ކުރާ ޔޫތް އެމްބެސިޑަރުންގެ ދަތުރުގައި ރާއްޖެޓީވީގެ ފޮޓޯގްރާފަރު އަޝްވާ ފަހީމަށް ބައިވެރިވުމުގެ ފުުރުސަތު ލިބިއްޖެ އެވެ.

"އޯޝަން އެންޑް ކްލައިމެޓް ޔޫތް އެމްބެސިޑަރ ޕްރޮގްރާމު" ގެ ނަމުގައި ކުރިއަށްގެންދާ މި ދަތުރުގައި ބައިވެރި ވަނީ 8 ގައުމެއްގެ 19 އަހަރާއި 26 އަހަރާ ދެމެދުގެ ޒުވާނުންނެވެ. މިދަތުރު ފެށުމަށް ހަމަޖެހިފައި ވަނީ 22 ސެޕްޓެމްބަރު ގައި ބާސެލޯނާގެ ބަދަރަކުންނެވެ. މީގެ އިތުރުން ފްރާންސް އާއި އިނގިރޭސިވިލާތާއި އައިސްލެންޑް އަދި އެމެރިކާއަށް ގޮސް އެގައުމުގެ އިސްވެރިންނާއި ތިމާވެށީގެ މާހިރުންނާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ދަތުރު ނިންމާލުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު 15 ވަނަ ދުވަހު ނިއުޔޯކްގައި ހުންނަ ޕީސް ބޯޑް ބަނދަރަށެެވެ.

މީގެ އިތުރުން 95ވަނަ ވޮޔޭޖު ހަރަކާތުގައި ހިނގާދިޔަކަންތައްތައް އދ އާއި ހިއްސާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިހަރަކާތުގައި ބައިވެރިވާ އަޝްވާ ބުނީ، މި ފުރުސަތަކީ އޭނާގެ ފޮޓޯގްރަފީ ކެރިޔަރުގައި ލިބުނު ވަރަށް ރަގަޅު ފުރުސަތެއް ކަމަށާއި  މި ދަތުރުގެ ތެރެއިން މުޅި ދުނިޔެއަށް ރާއްޖޭގެ ތިމާވެށީގެ ހާލަތު ކިޔާދޭނެ ކަމަށެވެ. އަދި އެހެން ގައުމުތަކުން ތަފާތު އެކި ކަހަލަ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ބޭނުން ކުރާ އުކުޅުތައް މިފަދަ ދަތުރެއްގެ ތެރެއިން އެނގިގެން ދިއުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
18 ސެޕްޓެންބަރ 2017 | ހޯމަ 00:28
މިހާރު އިސްލާމް
ވަހީދު ސަރުކާރުގަ ތި ބޯޓް އައީމަ ވީ ކްރިސްޓިއަން ބޯޓަކަށް، އެމްޑީޕީ އެކްޓިވިސްޓުން ދަތުރު ކުރަންވީމަ ސުންނީވީ