ކ. މާލެ
|
17 ސެޕްޓެންބަރ 2017 | އާދީއްތަ 15:45
އެސްއެމްއީ ލޯނަށް ފުރުސަތު ހުޅުވާލުން
އެސްއެމްއީ ލޯނަށް ފުރުސަތު ހުޅުވާލުން
ޓްވިޓަރ
އެސްއެމްއީ ލޯން
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނުގެ ފުރުސަތު ހުޅުވާލައިފި
ވަކިވަކި ފަރުދުންނަށް އެންމެ މަތިން ލިބެނީ 500،000ރ
ފާޓްނާޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ 1.5 މިލިއަން ރުފިޔާ

ކުދި އަދި ފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް ނުވަތަ ފެށުމަށް މާލީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ "އެސްއެމްއީ ލޯން" ސްކީމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން އާދިއްތަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނީ އާދިއްތަ ދުވަހުން ފެށިގެން އެސްއެމްއީ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ލޯނަށް އެދޭ ފޯމް ބަލައިގަތުން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ލޯނަށް އެދި ހުށައަޅާ ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. ފޯމު ފުރުމަށް ފަހު ފޯމް ބަލައިގަތުން އެ މިނިސްޓްރީގެ އިތުރުން އެ މިނިސްޓްރީން ހުޅުވާފައިވާ ބިޒްނަސް ސެންޓަރުތަކުން ވެސް ބަލައިގަންނާނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން [email protected] އަށް ވެސް ފޯމުތައް  ހުށައެޅޭނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީ ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި އެސްއެމްއީ ލޯން ސްކީމްގެ ދަށުން ފައިނޭންސް ކުރެވޭ އެންމެ މަތީ އަދަދަކީ ވަކިފަރުދަކު ކުރާ ވިޔަފާރިއަކަށް ނަމަ 500،00ރ އެވެ. ފާޓްނާޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ 1.5 މިލިއަން ރުފިޔާ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
17 ސެޕްޓެންބަރ 2017 | އާދީއްތަ 16:12
މުހައްމާ
ފްލެޓް ލިބުނު ފަރާތްތަކުން ފަރނިޗަރ ގަތުމަށް ޚާއްސް ޕެކޭޖްތަކެއް.ކުރިން ފަހަރުވެސް ލޯން ދިނީ މެޑަމް އޮފީހުން ލިސްޓް ފޮނުވައިގެން.