ކ. މާލެ
|
16 ސެޕްޓެންބަރ 2017 | ހޮނިހިރު 14:12
ކަމަދޫ ކައުންސިލަރު ސާޖިދު ވޯޓް ދެއްވަނީ
ކަމަދޫ ކައުންސިލަރު ސާޖިދު ވޯޓް ދެއްވަނީ
ރާއްޖެ އެމްވީ
ކަމަދޫ ބައި-އިލެކްޝަން
ކަމަދޫ ކައުންސިލަރު ސާޖިދު މަގާމުގެ ހުވާ ކުރައްވައިފި
އެމްޑީޕީގެ ކެނޑިޓޭޓް ސާޖިދަށް 170 ވޯޓް ލިބިފައިވޭ
ޕީޕީއެމް ކެންޑިޑޭޓް އަލީ ނާއިޒަށް 142 ވޯޓް ލިބިފައިވޭ

ބ. ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑިޕީގެ ކެނޑިޑޭޓް އަހުމަދު ސާޖިދު ކައުންސިލަރު ކަމުގެ ހުވާ ކުރައްވައިފި އެވެ.

މިދިޔަ  އޮގަސްޓް މަހުގެ 19 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ސާޖިދު ކާމިޔާބު ކުރައްވާފައި ވަނީ ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްގެ ކެންޑިޑޭޓް އަލީ ނާއިޒު އާއި ވާދަކޮށް 170 ވޯޓުން ނެވެ. ނާއިޒަށް ލިބިފައި ވަނީ 142 ވޯޓެވެ.

މިއަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ކަމަދޫ ކައުންސިލަށް އެމްޑީޕީގެ ދެ ކައުންސިލަރުން އިންތިހާބުވި އިރު، ޕީޕިއެމްގެ ކައުންސިލަރެއް ވެސް ވަނީ އިންތިހާބުވެފަ އެވެ. އޭގެ ތެެރެއިން އެމްޑީޕީ ކައުންސިލަރެއް ކަމަށްވާ އަލީ މައުސޫމް ވަނީ ކައުންސިލަރުކަމުގެ ހުވާ ކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކައުންސިލަރުކަމުން އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އިސްތިއުފާ ދެއްވިއިރު، އޭނާއަކީ ކައުންސިލްގެ ނާއިބު ރައީސެވެ.

ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ސާޖިދު  ކައުންސިލަރު ކަމުގެ މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަފާފައި ވަނީ މިދިއަ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގަ އެވެ. އެ ރަސްމިއްޔާތަށް ފަހުން އެމްޑީޕީގެ ހަރުގެ އާއި ހިސާބަށް ސާޖިދު ގެންނަވާފައި ވަނީ ސަގާފީ ބޮޑުބެރު ޖެހުމާއެކުގަ އެވެ. އެވަގުތު އެމްޑީޕީގެ ހަރުގެ ހުރި ސަރަހައްދުގައި ވަނީ މުޅި ކަމަދޫ ރައްޔިތުންނަށް ދައުވަތު އަރުވައިގެން  ކެއުމެއް ބާއްވާފަ އެވެ.

"ރާއްޖެއެމްވީ"އަށް ސާޖިދު ވިދާޅުވީ ކައުންސިލަރު ކަމުގެ މަގާމާ ހަވާލުވެ މަގާމުގެ ޒިންމާ އަދާކުރެއްވުމަށް އާދިއްތަ ދުވަހު ކައުންސިލްގެ އޮފީހަށް ވަޑައިގަންނަވަން ފައްޓަވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް