ކ. މާލެ
|
16 ސެޕްޓެންބަރ 2017 | ހޮނިހިރު 07:09
ޑރ. ހުސެއިން ރަޝީދު
ޑރ. ހުސެއިން ރަޝީދު
ރާއްޖެއެމްވީ
ޑރ. ހުސެއިން ރަޝީދު
ކޯޓުގެ ހުރުމަތް ކަނޑަނީއޭ ބުންޏަސް، އިންސާފު ނުލިބޭ ވާހަކަ ދައްކާނަން: ޑރ. ހުސެއިން
އިސްލާމީ އަސްލަކާ ހިލާފުނުވާ ކޮންމެ ވާހަކައެއް ދެއްކޭނެ
ކޯޓުތަކުގައި އީމެއިލް މެދުވެރިކޮށް ކުރާހެން ޝަރީއަތްތައް ކުރޭ
ކޯޓު ހުރުމަތް ކަނޑަނީ ކަމަށް ބުނަނީ ބިރުދައްކަން

ކޯޓުތަކުން ނެރޭ ހުކުމްތަކަށް ފާޑު ކިޔުމުން ކޯޓުގެ ހުރުމަތް ކަނޑަނީ ކަމަށް ބައެއް ފަރާތްތަކުން ބުނަނީ ބިރުދައްކަން ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ބަހުގެ ހަމަލާތަކެއް ޝަރުއީ ދާއިރާއަށް ރައްދު ކުރައްވައިފި އެވެ.

 

ހުކުރު ދުވަހުގެ ރޭ މ.ކުނޫޒުގައި ބޭއްވި ޑިމޮކްރަސީ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ޑރ. ހުސެއިން ރަޝީދު ވިދާޅުވީ މިނިވަން ކަމާއެކު އިސްލާމީ އަސްލަކާ ހިލާފުނުވާނެ ގޮތަށް ހިޔާލުފާޅު ކުރުމަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށެވެ.

 

އޭނާ ވިދާޅުވީ އިންސާފު ނުލިބޭ ވާހަކަ ދެއްކުމާއެކު އެއީ ފަނޑިޔާރުންގެ މަސައްކަތަށް ހުރަސްއަޅަނީ ކަމަށް ބުންޏަސް އެ ވާހަކަ ރައްޔިތުން ދައްކާނެ ކަމަށެވެ.

 

"އަޅުގަނޑު ފަނޑިޔާރުގެއަށް ގޮސްގެން އަޅުގަނޑަށް އިންސާފު ނުލިބުނީމަ އަޅުގަނޑު އެ ވާހަކަ ދައްކާނަން. ދެން ފަނޑިޔާރު އަޅުގަނޑަށް ބިރު ދައްކަން އެ ވާހަކަ ދައްކާނެ ކަމެއް ނެތް،" ހުސެއިން ވިދާޅުވި އެވެ.

 

 ޝަރީއަތް ކުރެވެން ޖެހޭނެ ގޮތްތަކާއި އިޖްރާއަތްތައް ސާފުކޮން ބަޔާން ކޮށްފައިވާއިރު،  ހުކުމް އީމެއިލްގެ ޒަރިއްޔާއިން ފޮނުވާލާ ހިސާބަށް ޝަރުއީ ދާއިރާގެ ހާލަތު ދިއުމުން އެ ކަންކަމުގެ ވާހަކަ ރައްޔިތުން ދައްކާނެ ކަމަށްވެސް ހުސެއިން ވިދާޅުވި އެވެ.  

 

" އަޅުގަނޑުމެން ރައްޔިތުން އެބަ ދެން މި މީހުންނަށް ( ފަނޑިޔާރުންނަށް) މުސާރަ. މި މުސާރަ ނަގައިގެން ރައްޔިތުންނަށް އަދުލު އިންސާފު ލިބިދިނުން ނޫން ކޮންކަމެއްތޯ މި މީހުން ކުރަން އޮންނާނީ. އަދުލު އިންސާފުގެ ބާރުން ކުރަން ޖެހޭ ކަމެއް ނޫން ސަރުކާރުން ބުނާހާ ކަމެއް ކުރުމަކީ. ހަމަ އޮޅިގެން އެ އުޅުއްވަނީ  ވަރަށް ބޮޑަށް. ބިރު ގަންނުނަވަން އެބަ ކިޔާ ކޯޓުގެ ހުރުމަތް ކަނޑަނިއްޔޭ،" އޭނާ ވިދާޅުވި އެވެ.

 

ޝަރުއީ ކޯޓު ތަކުން ނެރޭ ހުކުމްތަކަކީ ގާނޫނީ ހަމަތަކާ އެއްގޮތަށް ނެރޭ ހުކުމެއް ކަމަށް ބުނުމުގެ އިތުރަށް އެއީ އިންސާނުންގެ ބުއްދިއަށް ވެސް ގަބޫލު ކުރެވޭ ފަދަ ހުކުމްތަކަށް ވާން ޖެހޭނެ ކަމަށާއި މިހާރު ޝަރުއީ ދާއިރާގައި ކަން ހިނގަނީ ގާނޫނުގައި އޮތް ގޮތާ އިދިކޮޅަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

 

"ރޭ ގަނޑުދަންވަރު ފަނޑިޔާރަކު އެކަނި އެތާ ކޮޓަރީގައި އިނދެގެންނޭ ބުނެފަ ވައްތަރެއްގެ ހުކުމެއް ނެރުނީމަ ކާކުތޯ ގަބޫލު ކުރާނީ އެ ވާހަކަ. ދެން އަނެއްކާ އޭތި އީމެއިލުން ފޮނުވީމަ އެއީކީ ހުކުމްކުރާ ގޮތެއް ނޫނެއް ނޫންތޯ، ދެން މި ފެންވަރަށް ކަންތައް ދިޔައީމަ ކާކުތޯ ގަބޫލު ކުރާނީ. މިހާރު ކޯޓުތަކުން އެބަ ކުރޭ އީމެއިލް އިން ކުރާ ކަހަލަ ޝަރީއަތް،" ޑރ. ހުސެއިން ވިދާޅުވި އެވެ.

 

ޑރ. ހުސެއިން މި މޭރުމުން ވާހަކަ ދެއްކެވިއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމުގައި ހުންނަވަނިކޮށް ގާސިމް އިބްރާހިމްގެ މައްޗަށް ވަނީ ތިން އަހަރާ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ވަނީ ކޮށްފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ މައްޗަށް އެ ހުކުމް އިއްވީ ރޭގަނޑުގެ ދަންވުމާ ކައިރިވެފައި ހުއްޓާ ގާސިމްގެ ޣައިރު ހާޒިރުގަ އެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް