ކ. މާލެ
|
16 ސެޕްޓެންބަރ 2017 | ހޮނިހިރު 06:51
އަލަމްގެ ފައި: ފައިގަ އެޅި ޕްލާސްޓަރުގަނޑު ނެގިއިރު އޮތީ ނުރައްކާތެރި ހާލަތެއްގައި
އަލަމްގެ ފައި: ފައިގަ އެޅި ޕްލާސްޓަރުގަނޑު ނެގިއިރު އޮތީ ނުރައްކާތެރި ހާލަތެއްގައި
މުރުޝިދް އަބްދުލް ހަކީީމް
ސިއްހަތު
ޒުވާނެއްގެ ފައިގައި އެޅި ޕްލާސްޓަރުގަނޑު ނެގިއިރު އޮތީ ނުރައްކާތެރި ހާލަތެއްގައި، ފައި ބުރިކޮއްލަން ޖެހިދާނެ!
ފައި އޮތީ ފާރުގަނޑުހެދި ޗިސްވެފައި

ތ. ވޭމަންޑޫ އަތޮޅު ހޮސްޕިޓަލުން ޕްލާސްޓަރު އެޅި ޒުވާނެއްގެ ފައިން ތަންގަނޑެއް ގިރި، އެ ފައި ބުރިކޮށްލަން ޖެހިދާނެ ފަދަ ހާލަތަކަށް ގޮސްފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

 

ތ. ތިމަރަފުށީ އުމުރުް 25 އަހަރުގެ އަލަމް އައްބާސްގެ އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާގެ ފައިގައި ޕްލާސްޓަރު އެޅީ ފުޓްބޯޅަ ކުޅުމުގެ ތެރޭގައި ފައި ހުޅުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުންނެވެ.

 

އަތޮޅު ހޮސްޕިޓަލުން ބެލުމަށް ފަހު ކަށިގަނޑުގައި ރެނދެއް ލާފައިވާ ކަމަށްބުނެ ޕްލާސްޓަރު އެޅުމަށްފަހު ގެއަށް ފޮނުވާލި ފަހުން ފައިގަ ރިއްސާތީ ޕްލާސްޓަރު ނައްޓާލަން އަނބުރާ ހޮސްޕިޓަލަށް ގޮސްފައިވެ އެވެ. ނަމަވެސް އެކަމާ ކަންބޮޑު ނުވުމަށް ބުނެ އަނބުރާ ފޮނުވާލާފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

 

ފައިގައި ޕްލާސްޓަރު އަޅާފައިވާ ބައިގަ ތަންގަނޑެއް ފާރުވެ، ގިރިފައިވާ ކަން އެނގުނީ ތިމަރަފުށީ ސިއްޙީ މަރުކަޒަށް ގޮސް ޕްލާސްޓަރު ނައްޓާލުމުން ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި މާލޭ ގެނެސް އޭޑިކޭ ހޮސްޕިޓަލަށް ދެއްކުމުން ފައި ބުރިކޮށްލަން ޖެހިދާނެ ކަމަށާއި ޕްލާސްޓަރު އެޅީ ކަށިގަނޑުގައި ރެނދެލާފައި ނެތިކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ބައެއް މީޑިއާތަކުގައިވެސް ބުނެފައިވެ އެވެ.

 

އަލަމްގެ ފައި ފާރުވެ، ޗިސްވެފައިވާ ފޮޓޯތަކެއްވެސް ޝޯސަލް މީޑިޔާގައިވެސް އާންމުވެފައިވާއިރު އާންމުގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް