ކ. މާލެ
|
15 ސެޕްޓެންބަރ 2017 | ހުކުރު 22:23
އެކްސިޑެންޓުގައި ގެއްލުން ލިބުނު ދޯނި
އެކްސިޑެންޓުގައި ގެއްލުން ލިބުނު ދޯނި
ޓްވިޓަރ
ކަނޑުމަތީ އެކްސިޑެންޓް
އުނގޫފާރު ލޯންޗަކާއި، ދޯންޏެއްޖެހި ހިނގި އެކްސިޑެންޓުގައި ބޮޑެތި ގެއްލުންތަކެއްވެ، ބަޔަކަަށް އަނިޔާވެއްޖެ
އެކްސިޑެންޓުވެފައިވަނީ ބ. ތުޅާދޫން ފުރައިގެން ރ. އުނގޫފާރަށް ދަތުރުކުރި، އުނގޫފާރު ރެދަން ނަމަކަށް ކިޔާ ލޯންޗެއް
ލޯންޗުގައި ފަޅުވެރިންނާއެކު 5 މީހަކު ތިބި

އުނގޫފާރު ލޯންޗަކާއި، ދޯންޏެއްޖެހި ހިނގި އެކްސިޑެންޓުގައި ބޮޑެތި ގެއްލުންތަކެއްވެ، ބަޔަކަށް އަނިޔާވެއްޖެ އެވެ.

 

އެކްސިޑެންޓުވެފައިވަނީ ބ. ތުޅާދޫން ފުރައިގެން ރ. އުނގޫފާރަށް ދަތުރުކުރި، އުނގޫފާރު ރެދަން ނަމަކަށް ކިޔާ ލޯންޗެކެވެ. އެނގިފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ރ. އިނގުރައިދޫ އާ ގާތްގަނޑަކަށް މޭލެއްހާ ބޭރުންނެވެ.

 

ލޯންޗުގައި ފަޅުވެރިންނާއެކު 5 މީހަކު ތިބި އެވެ. އޭގެތެރެއިން 2 މީހަކަށް އެކިވަރުގެ އަނިޔާތަށްވެފައިވާކަމަށް މައުލޫމާތުލިބެއެވެ.

 

މި އެކްސިޑެންޓާއި ގުޅޭ ގޮތުން އެމްއެންޑީއެފްގެ ބަހެއް ލިބޭ ގޮތްވެފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް