ހައުސިންގ މިނިސްޓްރީން ފްލެޓް ލިބޭ މީހުން ކަމަށްބުނެ، ނަން ސިއްރު ކުރުމަށްފަހު އާއްމުކޮށްފައިވާ ލިސްޓްގައި ބައެއް ނަމްބަރުތައް ތަކުރާރު ވެފައިވާ މައްސަލަ ފެންމަތިވެއްޖެއެވެ.
ހައުސިން މިނިސްޓްރީން މި ހަފްތާގައި ވަނީ މާލެއާއި ހަތަރު އަތޮޅެއްގައި އިމާރާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ނަންތައް ސިއްރު ކުރުމަށްފަހު، ފްލެޓަށް އެދޭ ފޯމް ނަމްބަރު ހިމަނައިގެން ލިސްޓް އާއްމު ކޮށްފައެވެ.
އެގޮތުން މާލެއިން ފްލެޓް ލިބޭ ކަމަށް ބުނާ ލިސްޓްގައި ބައެއް ފޯމް ނަމްބަރުތައް ތަކުރާރުވެފައިވާ ކަމަށާއި އަދި ނަން ނުހިމަނާ ހަމަ އެކަނި ފްލެޓަށް އެދުނު ފޯމް ނަމްބަރު ހިމަނައިގެން ލިސްޓް އާއްމުކޮށްފައިވާތީ ގިނަ ރައްޔިތުން ދަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ހަތަރު ރަށަކުން ފްލެޓް ލިބުނު ކަމަށްބުނާ މީހުންގެ ލިސްޓްތައް ހައުސިންގ މިނިސްޓްރީން ބުރާސްފަތި ދުވަހު އާއްމުކޮށްފައިވާއިރު މި ހުރިހާ ލިސްޓްތަކެއްގައިވެސް ބައެއް ފޯމް ނަމްބަރުތައް ތަކުރާރުވެފައިވެއެވެ.
Miadhu @HousingGovMv in iulaan kuri list ge number 46 adhi 61 gai vanee hama eh faraatheh thakuraaru vefai. @MMuizzu @Raajje_tv @vfp_mv pic.twitter.com/qGwifP62fi
— HA Dhidhdhoo Council (@DhiddhooCouncil) September 14, 2017
ބުރާސްފަތި ދުވަހު ހައުސިންގ މިނިސްޓްރީން ވަނީ ގދ. ގައްދޫ އާއި ގދ.ހޯޑެއްދޫއާއި ގއ.ވިލިނގިލި އަދި،ހއ. ދިއްދޫގެ ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާއްމުކޮށްފައެވެ. އެގޮތުން ހއ. ދިއްދޫގެ ވަގުތީ ލިސްޓުގައި ހިމެނެނީ ގެޓަގަރީ A އިން 124 މީހުންގެ ފޯމް ނަންބަރާއި ގެޓެގަރީ B އިން 14 މީހެއްގެ ފޯމު ނަންބަރެވެ. ދިއްދޫ ކައުންސިލުން ބުނީ އެލިސްޓްގައި އެއް ފޯމް ނަމްބަރެއް ދެ ފަހަރަށް ހިމަނާފައިވާ ކަމަށެވެ.
މީގެ އިތުރުން ދިއްދޫ ކައުންސިލުން ވަނީ އެރަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ނަންތަކާއި ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްސީލީ ލިސްޓެއް ހާމަ ކޮށްފައެވެ.
Nanthah aammu nukoh @HousingGovMv in iulaan kuri Dhidhdhoo flat libey faraaithakuge nanthah Councilun iulaankoffi.https://t.co/Bacssm6ZmD
— HA Dhidhdhoo Council (@DhiddhooCouncil) September 14, 2017