ކ. މާލެ
|
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 13:45
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން
ރައީސް އޮފީސް
ރައީސް ޔާމީން
މިއަހަރު ވެސް އދ. އަށް ރައީސް ޔާމީން ވަޑައިނުގަންނަވަން ނިންމަވައިފި
ރައީސް ޔާމީން މިހާތަނަށް ދުވަހަކު ވެސް އދ. އަށް ވަޑައިގެންފައެއް ނުވޭ
މިއަހަރު ވެސް ތަގުރީރު ކުރައްވާ ގޮޮތަށް ހަމަޖެހިފައިވަނީ މިނިސްޓަރު އާސިމް
ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާ އދ. އަށް ވަޑައިނުގަންވާތާ ހަތަރު އަހަރު

އދ.ގެ އާއްމު މަޖިލީހުގައި ތަގުގީރު ކުރައްވަން މި އަހަރު ވެސް ރައީސް އަބްދުﷲ ޔާމީން ވަޑައިނުގަންނަވަން ނިންމަވާފައިވާ ކަމަށް ރާއްޖެއެމްވީއަށް އަށް މައުލޫމާތު ލިބިއްޖެ އެވެ.

ކުރީގެ ސަރުކާރުތަކުގައި އދ.ގެ އާއްމު މަޖިލީހަށް ގިނަ ފަހަރަށް ވަޑައިގެންފައި ވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އެވެ. އެކަމަކު ރައީސް ޔާމީން މިހާތަނަށް ދުވަހަކު ވެސް އދ. އަށް ވަޑައިގެންފައެއް ނުވެ އެވެ.

މިއީ ޖެހިޖެހިގެން އދ. ގެ އާއްމު މަޖިލީހަށް ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާ ވަޑައިނުގަންނަވާ ހަތަރު ވަނަ އަހަރެވެ.

އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން ކުރީގެ ރައީސް މުހައްމަދު ވަހީދު އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރެއްވިއިރު، 2015 ވަނަ އަހަރު ރާއްޖެ ތަމްސީލު ކުރެއްވީ އޭރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ. މިދިޔަ އަހަރު ތަގުރީރުކުރެއްވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އެވެ.

އެމެރިކާގެ ނިއުޔޯކް ގައި ބާއްވާ އދ. ގެ އާއްމު މަޖިލީހުގައި މިއަހަރު ވެސް ތަގުރީރު ކުރައްވާ ގޮޮތަށް ހަމަޖެހިފައިވަނީ، ރާއްޖެ ތަމްސީލު ކުރައްވަން ވަޑައިގަންނަވާ ވަފުދުގައި އިސްކޮށް ހުންނަވާ ފޮރިން މިނިސްޓަރު އާސިމް އެވެ. 

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާއި އެންވައިރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވެސް ބައިވެރިވެވަޑައިގަންނަވާއިރު މިހާރު އެ ދެ ބޭފުޅުން ވަނީ އެމެރިކާއަށް ވަޑައިގަންނަވާފަ އެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް