ކ. މާލެ
|
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 09:59
ހައްޔަރުކުރި މީހާ ހުރި ސަރަޙައްދުން ފެނުނު މަސްތުވާތަކެތި
ހައްޔަރުކުރި މީހާ ހުރި ސަރަޙައްދުން ފެނުނު މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތި
ފުވައްމުލަކުން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ދިވެހި ފިރިހެނެއް

މަސްތުވާ ތަކެއްޗާއިއެކު ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކުރީ، 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާ، އޭނާ ހައްޔަރުކުރީ، ފުލުހުންނަށް ލިބުނު ޖާސީސީ މައުލޫމާތާއި ގުޅިގެން، ހިންގި އޮޕަރޭޝަނެއްގައި ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 14:10 ހާއިރު ފުވައްމުލަކު ހޯދަޑު އަވަށުގެ ގާގަނޑު ސަރަޙައްދުން ކަމަށެވެ.

ފުލުހުން ބުނީ، ފުލުހުންގެ ބެލުމުގެދަށަށް އޭނާ ގެންގޮސް، އޭނާގެ ހަށިގަނޑާއި އޭނާ އެވަގުތު ހުރި ސަރަޙައްދު ބަލައިފާސްކުރިއިރު އެސަރަޙައްދުގައި ހުރި ވެލިފުންޏަކުން ފެނުނު ދެ ރަބަރު ޕެކެޓުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 5 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ފުލުހުން ބުނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މި މައްސަލަ މިޙާރު ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް