އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން މުހައްމަދު އަނީސް (ތަރި އަނީސް) އިސްތިއުފާ ދެއްވައިފި އެވެ.
ވެރިކަންކުރާ ޕީޕީއެމް-އެމްޑީއޭ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ކައުންސިލްގައި ވެސް ހިމެނިވަޑައިގަންނަވާ އަނީސް އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް ސާފު ނުވިނަމަވެސް އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އަނީސް އިސްތިއުފާ ދެއްވުމަށް އެދި މިދިޔަ ހޯމަ ދުވަހު ސިޓީ ފޮނުއްވާފައިވާ ކަަމަށެވެ.
އަނީސް ވެސް ވަނީ އިސްތިއުފާ ދެއްވާފައިޥާކަން "ޜާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.
ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ އަދި ކޯޗް އަނީސް ވަނީ މީގެ ކުރިން ސްޕޯޓްސް ކައުންސިލްގެ ނައިބު ރައީސްކަމުން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.