ކ. މާލެ
|
13 ސެޕްޓެންބަރ 2017 | ބުދަ 12:14
ހާމިދު ސޭޓް ޑޮކްޓަރަށް ދެއްކުމަށް އޭޑީކޭގައި
ހާމިދު ސޭޓް ޑޮކްޓަރަށް ދެއްކުމަށް އޭޑީކޭގައި
ރާއްޖެ އެމްވީ
ހާމިދު ސޭޓް
ހާމިދު ސޭޓް ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެސްފި
ހާމިދު ސޭޓް މާލެ ގެނައީ ދަތުގެ ޑޮކްޓަރަށް ދެއްކުމަށް
ހާމިދުގެ މައްޗަށް އިއްވާފައި ވަނީ ދެ އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް
ހާމިދުގެ ހުކުމް ނިމޭނީ 2019 ވަނަ އަހަރު

 މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓު) ޑޮކްޓަރަށް ދެއްކުމަށްޓަކައި މާލެ ގެނެސްފިއެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާމިދު މާލެ ގެނައީ ދަތުގެ ޑޮކްޓަރަށް ދެއްކުމަށް ކަމަށެވެ. އަދި ހާމިދު އަށް ފަރުވާ ދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. 

ހާމިދު ޖަލަށްލާފައި ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގައި މިދިޔަ އަހަރުގެ ޖޫން 23 ވަނަ ދުވަހު އެވެ.

އެ މައްސަލައާ ގުޅިގެން ހާމިދުގެ މައްޗަށް ދެ އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު، ހަމަ އެ މައްސަލައާ ގުޅިގެން އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 8 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވެ އެވެ.

އަދީބާ ގާތްގުޅުމެއް އޮންނަ ހާމިދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒްކޮށް ނިމޭނީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް