ކ. މާލެ
|
13 ސެޕްޓެންބަރ 2017 | ބުދަ 12:10
ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި ތަކެއް ނައްތާ ލަނީ (ފައިލް) --
ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި ތަކެއް ނައްތާ ލަނީ (ފައިލް) --
މޯލްޑިވްސް ޕޮލިސް ސާރވިސް
މަސްތުވާތަކެތި އަތުލައިގަތުން
ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސެއް ދުބާއީ އިން ހައްޔަރުކޮށްފި
އޭނާ މަސައްކަތްކޮށްފައިވަނީ ވައިގެ މަގުން ދުބާއީ އިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން
ދުބާއީ ފުލުހުން ދަނީ އެމައްސަލަ ތަހުގީގު ކުރަމުން

ގިނަ އަދަދެއްގެ މަސްތުވާތަކެތި ވައިގެ މަގުން ދުބާއީ އިން ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ ދިވެހި ފުލުހުންނާއި ދުބާއީ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 40 އަހަރުގެ ދިވެހި ފިރިހެނަކު ގިނަ އަދަދެއްގެ މަސްތުވާތަކެތި ދުބާއީ އިން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ދުބާއީ ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. ނަމަވެސް ފުލުހުން ބުނީ އެމައްސަލަ ދުބާއީ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެެ.

ދޭތެރެ ދޭތެރެއިން ވައިގެ މަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރަމުންދާއިރު، ފުލުހުންވެސް ގެންދަނީ އަވައްޓެރި ގައުމުތަކުގެ ފުލުހުންނާ ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންގެ މައުލޫމާތު ހޯދަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް