ކ. މާލެ
|
13 ސެޕްޓެންބަރ 2017 | ބުދަ 12:04
ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނީ މި އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު
ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނީ މި އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު
ޓްވިޓަރ
ޔާމީން ރަޝީދުގެ މަރު
ޔާމީން ރަޝީދަށް ދިން އިންޒާރުތައް ނުބެލި މައްސަލަ ކެންސަލް ކުރަން ޖެހިއްޖެ
ޔާމީން ރަޝީދުގެ އާއިލާގެ ފަރާތުން ހުށަހެޅި މައްސަލައެއް
ޔާމީން ރަޝީދުުގެ އާއިލާގެ ވަކީލަކީ ހުސްނުއް ސުއޫދު
ވަކީލުން ސަސްޕެންޑް ކުރުމުން ގިނަ މައްސަލަތަކެއް ހުއްޓުމަކަށް

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ލިޔުންތެރިޔާ ޔާމީން ރަޝީދުގެ މަރާލުމުގެ ކުރިން އޭނާއަށް ދީފައިވާ މަރުގެ އިންޒާރުތަކުގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ބަލާފައި ނުވާ ކަމަށް ބުނެ އާއިލާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ކެންސަލް ކުރަން ޖެހިއްޖެ އެވެ.

އެ މައްސަލައިގައި އަންގާރަ ދުވަހަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކުރަން ޖެހުނީ ޔާމީން ރަޝީދުގެ އާއިލާގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ސަސްޕެންޑް  ކޮށްފައިވުމުންނެވެ. އިތުރު 55 ވަކީލުންނާއެކު ސުއޫދު ސަސްޕެންޑް ކޮށްފައިވަނީ ޕެޓިޝަނެއް ހުށަހަޅަން އުޅެގެން ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނާ މައްސަލައާ ގުޅިގެން މިމަހުގެ 10 ވަނަ ދުވަހު އެވެ.

ޔާމިން ރަޝީދުގެ އާއިލާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ މީގެ އަހަރުތަކެއް ކުރިންވެސް ޔާމީނަށް އެކި ފަހަރު އިންޒާރުތައް ލިބުމުން ވެސް އެކަމަށް ފުލުހުން ފިޔަވަޅު އަޅާފައި ނުވާތީ ހުށަހަޅާފައިވާ މައްސަލައަކެވެ. ޔާމީންގެ އާއިލާގެ ފަރާތުން އެދިފައިވަނީ ޔާމީންގެ މަރުގެ މައްސަލައިގައި ފުލުހުންގެ ތަހުގީގު ބައިނަލްއަގްވާމީ ފަރާތްތަކުގެ އެހީތެރިކަމާއިއެކު މިނިވަން ތަހުގީގަކަށް ހެދުމަށެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނިކޮށް ފުލުހުން ވަނީ ތަހުގީގު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅާފަ އެވެ. ޔާމީންގެ މަރުގެ މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، ހަ މީހެއްގެ ޝަރީއަތް ވެސް މިހާރު ވަނީ ފަށާފަ އެވެ.

ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނީ މި އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރާލާފައި އޮތްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓިއުލާގޭގެ ސިޑީ ގޮޅި ކައިރިންނެވެ.

ޔާމީނަށް ދިން އިންޒާރުތަކުގެ  މައްސަލަ ތަހުގީގު ނުކުރި ކަމަށް ބުނާ މައްސަލައިގެ އަޑުއެހުން، ކެންސަލް ކުރަން ޖެހުނު އިރު އެއްފަހަރާ 56 ވަކީލުން ސަސްޕެންޑް ކުރުމުން އެހެން ކޯޓްތަކުގައި ހިނގާ ގިނަ އަދަދެއްގެ މައްސަލަތައް ވެސް ވަނީ ކެންސަލް ކުރަން ޖެހިފަ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް