ކ. މާލެ
|
12 ސެޕްޓެންބަރ 2017 | އަންގާރަ 23:15
ޑރ. ހަލީލް - އޭނާގެ ހައިސިއްޔަތު ސާފުކޮށްދިނުމަށް އެދި އެމްޑީޕީން ވަނީ ރައީސް މައުމޫނަށް ސިޓީއެއް ފޮނުވާފަ
ޑރ. ހަލީލް - އޭނާގެ ހައިސިއްޔަތު ސާފުކޮށްދިނުމަށް އެދި އެމްޑީޕީން ވަނީ ރައީސް މައުމޫނަށް ސިޓީއެއް ފޮނުވާފަ
ގޫގުލް
ޕީޕީއެމް - އެމްޑީޕީ
ހަލީލްގެ ހައިސިއްޔަތު ސާފުކުރުމަށް، އެމްޑީޕީން ރައީސް މައުމޫނަށް ސިޓީއެއް ފޮނުވައިފި
ރައީސް މައުމޫނަކީ، ޕީޕީއެމްގެ ރައީސްކަމަށް ސިޓީގައި ބުނެފައިވޭ
އޭގެއިތުރުން ޕީޕީއެމްގެ ނަމުގައި ސިޓީއެއް ފޮނުވިތޯ ސާފުކޮށްދިނުމަށް އެދިފައިވޭ
ޑރ. ހަލީލް ސޮއިކޮށް އެމްޑީޕީއަށް ވަނީ ސިޓީއެއް ފޮނުވާފަ

ޕީޕީއެމްގެ ނަމުގައި ޑރ. އަބްދުﷲ ހަލީލް ސިޓީއެއް ފޮނުވާފައި ވާތީ، އޭނާގެ ހައިސިއްޔަތަކީ ކޮބައިތޯ ސާފު ކޮށްދިނުމަށް އެދި އެމްޑީޕީން ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމަށް ސިޓީއެއް ފޮނުވައިފި އެވެ.

 

ރައީސް މައުމޫން އަބްދުއްޤައްޔޫމަކީ، ޕީޕީއެމްގެ ރައީސްކަން ފާހަގަކޮށް، އެމަނިކުފާނަށް އެޑްރެސްކޮށް، އެމްޑީޕީން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ޕީޕީއެމްގެ ނަމުގައި "ޑރ. އަބްދުﷲ ހަލީލް" މިނަން ޖައްސަވައި، ސޮއި ކުރައްވާފައިވާ ސިޓީއެއް އެމްޑީޕީއަށް ފޮނުވާފައިވާކަން ނުވަތަ ނޫންކަން ސާފުކޮށްދެއްވައި، އަދި ސޮއިކުރައްވާފައިވާނަމަ ސޮއިކުރައްވާފައި ވަނީ ކޮން ހައިސިއްޔަތަކުންކަން ސާފުކޮށްދެއްވުމަށް އެދޭކަމަށެވެ.

 

ޑރ. ހަލީލަކީ ކޮންބޭފުޅެއްކަން ސާފުކޮށް ދެއްވުމަށް އެދި އެމްޑީޕީން ރައީސް މައުމޫނަށް ސިޓީއެއް ފޮނުވިއިރު، ޑރ. ހަލީލް ސޮއިކޮށް އެމްޑީޕީއަށް ވަނީ ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި ވަނީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރުނު ނޫސްބަޔާނުގައި އެ ޕާޓީގެ ނަން ހިމަނާފައި ވާތީ، ނަން އުނިކޮށްދިނުމަށް އެދޭ ކަމަށެވެ. އެ ސިޓީގައި އެދިފައި ވަނީ އަންގާރަ ދުވަހުގެ 3:00ގެ ކުރިން ނަން އަނބުރާ ނަގައިދިނުމަށެވެ. ޕީޕީއެމްގެ ނަން ބޭނުންކުރި މައްސަލަ ބަލައި ދިނުމަށް އެދި ޕީޕީއެމުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
13 ސެޕްޓެންބަރ 2017 | ބުދަ 00:28
ލަލާ
މިއީ ކޮންސޮރެއްކަން އެގޭ މީހަކުނުހުންނާނެ. އަމިއްލަޔައް ބޮޑާވެގެން ޕީއޭއިން އައިސް އުޅޭ މީހަކައްވުން ވަރައް ކައިރި.