ކ. މާލެ
|
12 ސެޕްޓެންބަރ 2017 | އަންގާރަ 19:07
ސަސްޕެންޑްކޮށްފައިވާ ބައެއް ވަކީލުން ގާނޫނު އަސާސީ ބަންޑާރަ ނައިބަށް އެރުވުމަށް ވަޑައިގަންނަވަނީ:--
ސަސްޕެންޑްކޮށްފައިވާ ބައެއް ވަކީލުން ގާނޫނު އަސާސީ ބަންޑާރަ ނައިބަށް އެރުވުމަށް ވަޑައިގަންނަވަނީ:--
މުހައްމަދު ޝަރުހާން
ވަކީލުން ސަސްޕެންޑް
ވަކީލުން ސަސްޕެންޑް ކުރުމުން ނިގުޅައިގަނެވުނީ އެތައް ބައެއްގެ ހައްގުތައް: އިދިކޮޅު ކޯލިޝަން
ވަކީލުންނަކީ އެމްޑީޕީގެ ވަކީލުންނެއް ނޫން
500 އަށްވުރެ ގިނަ މައްސަލައިގަ ވަކީލުން މަސައްކަތް ކުރައްވާ

ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ  56 ގާނޫނީ ވަކީލުން ސަސްޕެންޑް ކުރުމުން ނިގުޅައިގަނެވެނީ އެތައް އާންމު ބައެއްގެ ހައްގުތައް ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އަންގާރަ ދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަނުގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ވިދާޅުވީ ގިނަ ވަކީލުންތަކެއް ސަސްޕެންޓް ކުރި މައްސަލާގައި ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށެވެ.

 

" މި ދައްކަނީ ކުޑަ ކުޑަ ކަމެއްގެ ވާހަކައެއް ނޫން. މި 56 ލޯޔަރުން ގާތްގަނޑަކަށް، ކޯޓުތަކުގައި ހިނގާ މައްސަލަތަކަށް ބަލާލާއިރު 500 އަށްވުރެ ގިނަ މައްސަލަ މި ބޭފުޅުންގެ އަތުގައި އެބަ ހުރި. އަޅުގަނޑުމެނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 177 ވަރަކަށް ވަކީލުން ކްރިމިނަލް ކޯޓުގައި ރަޖިސްޓްރީ ވެފައި ތިބިއިރު އޭގެ ތެރޭގައި އެބަތިބި ރަޖިސްޓްރީވެފައި ޕްރެކްޓިސް ނުކުރާވެސް. ހަގީގަތައް ބުނާ ނަމަ މި ( ސަސްޕެންޑްކުރި) އަދަދު އުނިކޮށްލީމަ ކްރިމިނަލް ކޯޓަށް ދާން ތިބޭނީ ވިއްސަކަށް މީހުން،" މަހްލޫފު ވިދާޅުވި އެވެ.

 

އަދި ވިދާޅުވީ ސަސްޕެންޓް ކޮށްފައިވާ ވަކީލުންނަކީ އެމްޑީޕީގެ ނުވަތަ އިދިކޮޅު މީހުންގެ ގޮތުގައި ބައެއް ފަރާތްތަކުން ދައްކާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށެވެ.

 

" މީގެ ތެރޭގައި އެބަ ތިއްބެވި ސިޔާސީ އެކި ބޭފުޅުންގެ މައްސަލަތައް ނަންގަވައިގެން ކުރިއަށް ގެންދަވާ. އޭގެ މާނައަކީ އެ ބޭފުޅުންނަކީ ( ވަކީލުންނަކީ) މި އިއްތިހާދާއެކު މަސައްކަތްކުރާ ބޭފުޅުންނެއް ނޫން. އެ ބޭފުޅުން އެ ހުށަހެޅި މައްސަލަ އެތަނަށް ( ސުޕްރީމް ކޯޓަށް) ހުށަހެޅީ އަޅުގަނޑުމެންގެ ފަރާތަކުންނެއް ނޫން،" މަހްލޫފު ވިދާޅުވި އެވެ.

މީގެ އިތުރުން ގިނަ އަދަދެއްގެ ވަކީލުންތަކެއް ސަސްޕެންޑް ކުރުމަކީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ކޮންމެ މީހަކަށް ލިބިދީފައިވާ ހައްގު ވެސް ނިގުޅައިގަތުން ކަމަށް މަހްލޫފު ސިފަ ކުރެއްވި އެވެ. އަދި ސަސްޕެންޓް ކުރި ވަކީލުންނަށް އިންސާފާ ހަމަ ހަމަ ކަމަށް ލޯބިކުރާ އެހެން ވަކީލުން އެއްބާރުލުންދީ އެމީހުން ކުރާ މަސައްކަތުގައި ބައިވެރިވުމަށް އޭނާ ގޮވާލެއްވި އެވެ.

ގާނޫނީ ބައެއް ވަކީލުން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން މަނާ ކުރުމަށް ފަހު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފައި ވަނީ އެ މީހުން ސަސްޕެންޑް ކުރީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މުސްތަޤިއްލުކަމާއި، ފަނޑިޔާރުންގެ މުސްތަޤިއްލުކަމަށް ހުރަސް އެޅޭގޮތަށް ޖަމާޢަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ޢަދުލު އިންޞާފުގެ ބާރުގެ މަސައްކަތާއި ބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިޚްތިޞާޞްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ޙުރުމަތް ކެނޑި މައްސަލަ ބަލައި ތަޙްޤީޤުކުރަމުންދާތީ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް