ކ. މާލެ
|
12 ސެޕްޓެންބަރ 2017 | އަންގާރަ 17:03
ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓު ބެލުމުގައި އާންމު ރައްޔިތުން
ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓު ބެލުމުގައި އާންމު ރައްޔިތުން
ފާތިމަތު ޝަނާ މުހައްމަދު
ގެދޮރުވެރިކުރުން
ހައުސިން މިނިސްޓްރީން ފްލެޓްތައް ލިބޭ ފަރާތްތައް އިއުލާނު ކުރުމުން ރައްޔިތުން ރަތަށް!
661 ފަރާތަށް ފްލެޓް ލިބޭކަން ވަނީ އިއުލާނު ކޮށްފަ
ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވަނީ 17 ސެޕްޓެމްބަރުގެ ކުރިން
ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން

ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާ ގެދޮރުވެރިކުރުން ޕްރޮގްރާމުގެ ދަށުން ފްލެޓްތައް ލިބޭ ފަރާތްތައް އިއުލާނު ކުރުމުން، ގިނަ ރައްޔިތުންތަކެއް ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން  ގެދޮރުވެރިކުރުން ޕްރޮގްރާމުގެ ފްލެޓް ލިބޭ ފަރާތްތައް އިއުލާނު ކުރުމުން ގިނަބަޔަކު  ވަނީ ހައުސިން މިނިސްޓްރީއަށް  ޝަކުވާ  ހުށަހެޅުމަށް ގޮސްފަ އެވެ.

ޝަކުވާ ހުށަހެޅުމަށް ދިޔަ  ބައެއް ފަރާތްތަކުން ވަނީ ރާއްޖެއެމްވީ އާއި އެފަރާތްތަކުގެ ކަންބޮޑުވުން ހިއްސާ ކޮށްފަ އެވެ.

"އަޅުގަނޑު 13 އަހަރުވެއްޖެ ކުޑަ ކޮޓަރިގަޑެއް ވަރުތަނެއްގައި ހަ ކުދިންނާއި ފަސް ކާފަ ދަރިންނާ އެކު އުޅޭތާ." ފްލެޓަށް ކުރިމަތިލި ފަރާތަކުން ބުންޏެވެ.

ބައެއް ފަރާތްތަކުން ވަނީ މިކަމަކީ ރައްޔިތުންނަށް ފަސޭހަ ކުރުމަށް ކޮށްފައިވާ ކަމެއް ނޫން ކަމަށާއި ވަކި ބަޔަކަށް މަންފާވާ ގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ބުނެފަ އެވެ. އަދި މިއީ ކޮންމެ ސަރުކާރަކުން ވެސް ކަންތައްތައް ކުރަމުންދާ ގޮތް ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަނީ އަމިއްލަ ފައިދާއަށް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

" ޕޮއިންޓްގެ ގޮތުން އަޅުގަނޑާ އެއްވަރުވި  މީހަކަށް ވެސް ވަނީ ފްލެޓް ލިބިފައި. އަޅުގަނޑަށް ލިބުނީ 92 ޕޮއިންޓް" ފްލެޓް ލިބުނުތޯ ބެލުމަށް ހައުސިން މިނިސްޓްރީ ސަރަހައްދަށް ގޮސް ހުރި މީހަކު ކިޔާދިނެވެ.

ލިސްޓާ ގުޅިގެން  އެތައް ސުވާލެއް ފްލެޓް ލިބުނު ފަރާތްތަކުގެ ހުރި އިރު ރާއްޖެއެމްވީއާ މައުލޫމާތު ހިއްސާކުރި އިތުރު ފަރާތަކުން ބުނީ 109 ޕޮއިންޓް  ލިބުނު ިއިރު ބޯހިޔާވަހިކަމެއް  ހޯދުމަށް މަސައްކަތް ކުރާތާ އެތައް  ދުވަހެއް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއީ އާންމު އާދައިގެ ރައްޔިތުންނަށް ލިބޭނެ ނަސީބެއް ނޫން ކަމަށާއި މިފަދަ އެހީތައް އަބަދު ވެސް ލިބޭނީ އެއިރެއްގެ ސަރުކާރާއި ގާތް ފަރާތްތަކަށް ކަަމަށް ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނީ ލިސްޓު ނެރުނު އިރު ކުރިން ވެސް އިއުލާނު ކުރާ ގޮތަށް ލިބުނު ޕޮއިންޓުގެ އަދަދު  ހާމަކުރި ނަމަވެސް، ފްލެޓް ލިބުނު ފަރާތްތަކަށް ޕްލެޓް ލިބުނީ ކީއްވެގެންކަން އެނގިގެންދާނެ ކަމަށާއި މިކަމަކީ އެހާ ދެފުއް ފެންނަ ގޮތަކަށް ގޮސްފައިވާ ކަމެއްގެ ގޮތުގައި ބަލައި ނުގަނެވޭނެ ކަމަށެވެ. ސޯޝަލް ހައުސިން ސްކީމެއްގެ ތެރެއިން ފްލެޓް ދޭ އިރު ރައްޔިތުންނަށް ފްލެޓް ލިބެނީ،ކިހިނެތް ކަން ވަރަށް ސާފުކޮށް އެނގިގެންދާނެ ކަމަށް އޭނާ ބުންޏެވެ.

"ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، މާލެ ކެޓަގަރީ 1 އާއި އަތޮޅުތަކުގެ ރައްޔިތުންނަށް ހާއްސަ ކޮށްފައިވާ ކެޓަގަރީ 2 ގެ ފްލެޓްތަކަށް ހޮވުނު ފަރާތްތަކުގެ ލިސްޓް ހައުސިން މިނިސްޓްރީން އިއުލާނު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

އެ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ. ޝަކުވާ ހުށަހެޅުމުގެ ސުން ގަޑިއަކީ މި ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިން ކަމަށް ވެސް ހައުސިންގ މިނިސްޓްެރީން ބުނެއެވެ.

ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އެއިއުލާންގައި ވަނީ ފްލެޓްތައް ލިބޭ ފަރާތްތުގެ ފައިނަލް ލިސްޓް އިއުލާން ކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މައުލޫމާތާ ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ  އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގަ ކަމަށް ހާމަކޮށްފަ އެެވެ

ހައުސިންގ މިނިސްޓްރީ އާއްމު ކޮށްފައިވަނީ ފްލެޓް ލިބުނު މީހުންގެ ނަންތައް އާއްމުކޮށް ނޭނގޭ ގޮތަށް ފުލެޓް ލިބުނު 661 މީހެއްގެ ފްލެޓަށް ހުށައެޅި ފޯމް ނަމްބަރުތަކެވެ. މި ލިސްޓު ވަނީ ގެޒެޓްގައި ޝާއިއު ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
12 ސެޕްޓެންބަރ 2017 | އަންގާރަ 17:46
ސައްޕޭ
މިވެރިން ހީކުރަނީ ދިވެހިންނަކީ ބޯގަމާރުން ކަމަށްތައް؟ މިކަމުން ދޭހަވަނީ މިވެރިން ގެ އިޚްލާސްތެރިކަމުގެ ތެރުވެރިކަމުގެ ޒައްރެއްގެމިންވަރުވެސް ނެތްކަން. މިވެރިންހިންގަނީ މުޅިންވެސް މިކަހަލަ ޖަރީމާކަން އެއްމެންނަށްވެސް އެގޭ