ކ. މާލެ
|
12 ސެޕްޓެންބަރ 2017 | އަންގާރަ 12:07
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
މުހައްމަދު ޝަރުހާން
ބަދުއަޚްލާގީ އަމަލު
މިނިސްޓަރެއްގެ ކާރުކޮޅުގައި ބަދުއަޚުލާގީ އަމަލު ހިންގަން ތިބި ބަޔަކު ހައްޔަރުކޮށްފި
ފުލުހުން ވެސް ވަނީ މިފަދަ މައްސަލައަކާ ގުޅިގެން ބަޔަކު ހައްޔަރުކުރިކަން ކަށަވަރުކޮށްދީފަ
ބަދުއަޚުލާގީ އަމަލު ހިންގަން ތިބީ އާސަހަރާ ފުރަގަހުގައި ކާރު ޕާކް ކޮށްގެން

ސަރުކާރުގެ ނުފޫޒު ގަދަ މިނިސްޓަރެއްގެ ކާރުކޮޅުގައި ބަދު އަޚުލާގީ އަމަލު ހިންގަން ތިބި ބަޔަކު ހައްޔަރުކޮށްފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިނިސްޓަރުގެ ކާރުކޮޅުގައި ބަދުއަޚުލާގީ އަމަލު ހިންގަން ތިބި ދެ މީހުން ހައްޔަރުކުރީ ހޯމަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގަ އެވެ. އެއިރު ކާރު އޮތީ އާސަހަރާ ފުރަގަހުގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވެސް ވަނީ މިފަދަ މައްސަލައަކާ ގުޅިގެން ބަޔަކު ހައްޔަރުކުރިކަން ކަށަވަރުކޮށްދީފަ އެވެ. ފުލުހުން ބުނީ ބަދުއަޚުލާގީ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ނަމަވެސް އިތުރު މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށެވެ.

މިނިސްޓަރެއްގެ ކާރުކޮޅުގައި ބަދުއަޚުލާގީ އަމަލު ހިންގަން ތިބި ދެ މީހަކު ހައްޔަރުކުރިއިރު، ކާރުކޮޅުގައި މިނިސްޓަރު ނެތް ކަމަށް މައުލޫމާތު ލިބެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް