ކ. މާލެ
|
11 ސެޕްޓެންބަރ 2017 | ހޯމަ 12:05
އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު
ޓްވިޓަރ
އިންވެސްޓްމެންޓް ފޯރަމް
އިންވެސްޓްމެންޓް ފޯރަމް ގަތަރުގައި ނުބޭއްވުމަށް ނިންމައިފި
ޖަރުމަން ނުވަތަ ދުބާއީގައި ފޯރަމް ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުން
ގަތަރުގައި އިންވެސްޓްމެންޓްފޯރަމް ނުބޭއްވުމަށް ނިންމީ ގަތަރާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު
އިންވެސްޓްމެންޓްފޯރަމް އޮންނާނީ ނޮވެންބަރު މަހު

ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ކަނޑާލާފައިވާ ގަތަރުގައި  ބޭއްވުމަށް ނިންމާފައި އޮތް އިންވެސްޓްމަންޓް ފޯރަމް އެގައުމުގައި ނުބޭއްވުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނަމިކް ޑިވޮލޮޕްމެންޓް އިން ބުނެފިއެވެ. 

އިކޮނަމިކް މިނިސްޓްރީން މި ނިންމުން ނިންމާފައި މި ވަނީ  ޤަތަރާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލި ނަމަވެސް ވިޔަފާރީ ގުޅުން ބާއްވާނެ ކަމަށް ފޮރިން މިނިސްޓަރ ޑޮކްޓަރ މުޙައްމަދު އާސިމް ވިދާޅުވެފައި ވަނިކޮށެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އިކޮނަމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ ގަތަރުގައި އިންވެސްޓްމެންޓް ފޯރަމް ނުބޭއްވުމަށް މިހާރު ރަސްމީ ކޮށް ނިންމާފައިވާ ކަމަށެވެ. 

ތައުފީގް ވިދާޅުވީ އިނެވެސްޓް ފޯރަމް ބޭއްވުމަށް މިހާރު މަސައްކަތް ކުރަމުން ދަނީ ޔޫރޮޕް ނުވަތަ މެދުއިރުމަތީގެ ގައުމެއްގައި ކަމަށެވެ. އެގޮތުން ޖަރުމަން އާއި ދުބާއީ އިސްފަރާތްތަކާ ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި ވަރަށް އަވަހަށް އިންވެސްޓްމެންޓް ފޯރަމް ބާއްވާނެ ގައުމެއް ހަމަޖެހިގެން ދާނެ ކަމަށް ތައުފީގް ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ އިންވެސްޓްމެންޓް ފޯރަމް ބާއްވާނީ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. ނަމަވެސް ފައިނަލް ޑޭޓެއް ކަނޑައަޅާނީ އިންވެސްޓްމެންޓް ފޯރަމް ބާއްވާނެ ގައުމެއް ނިންމުމަށް ފަހު ކަމަށް ތައުފީގް ވިދާޅުވިއެވެ. 

ތައުފީގް ވިދާޅުވީ އިންވެސްޓްމެންޓް ފޯރަމް ބާއްވާނެ ގައުމެއް ނިންމުމުގެ ކުރިން ބަލަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުންނަ ކަމަށެވެ. އިންވެސްޓަރުންނާ ވާހަކަ ދައްކާ ފޯރަމްގައި ރަޖިސްޓްރީ ކުރުމާއި އަދި އެ ނޫން ވެސް ވަރަށް ގިނަ ކަންތައްތައް ކުރަން ޖެހޭ ކަމަށް ތައުފީގް ވިދާޅުވިއެވެ. 

މިދިޔަ އަހަރުގެ އިންވެސްޓްމަންޓް ފޯރަމް ބާއްވާފައިވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައެވެ.

ސައުދީ އިސްވެ އޮވެ ގަލްފްގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލިކަން އިއުލާންކުރުމާ އެކު ދިވެހި ރާއްޖެއިން ވެސް ވަނީ ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލިކަން އިއުލާނުކޮށްފައެވެ. ގަތަރަކީ ރާއްޖެ އަށް އެކި ގޮތްގޮތުން ގިނަ އެހީތަކެއް ފޯރުކޮށްދޭ ގައުމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް