އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
އާދިއްތަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ 54 ވަކީލުން ސަސްޕެންޑުކޮށްފައިވަނީ ޤާނޫނަށް އަމަލުކުރުން ކުޑަކަމަށް ވަކީލުން ވިދާޅުވެ، އެކަންތައްތަކާއި މެދު ކަންބޮޑުވުން ފާޅުކުރެއްވުމުން ދިޔަ ދަނޑިވަޅެއްގައި ކަމަށެވެ. އޭގެ ބަދަލެއްގެ ގޮތުގައި އެ ވަކީލުން ސަސްޕެންޑުކުރމަކީ އުއްތަމަ ފަނޑީޔާރަށް އަމާޒުކޮށް ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
SC suspends 54 lawyers for raising concerns on lack of rule of law. Intl community must impose targeted sanctions against the Chief Justice.
— Mohamed Nasheed (@MohamedNasheed) September 10, 2017
54 ވަކީލުން ސަސްޕެންޑުކުރުމާއި ގުޅިގެން އާދިއްތަ ދުވަހު ރައީސް ނަޝީދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން 54 ވަކީލުން ސަސްޕެންޑުކޮށްފައި ވަނީ ޤާނޫނު އަސާސީ އާއި މުޅިން ޙިލާފަށް ކަމަށާއި ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށާއި މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ޤާނޫނު އަސާސީ އާއި ޙިލާފަށް 54 ވަކީލުން ސަސްޕެންޑުކޮށްފައިވާ ފަރާތެއް ހައްޔަރުކުރުމަށް ގޮވާލައްވާ ކަމަށެވެ.
SC in vanee Qaanoon Asaasee aai mulhin khilaafah 54 vakeelun suspend kohfa. Mikankuri bayaku hayyaru kurumah MNDF aai MPS ge kibain edhen
— Mohamed Nasheed (@MohamedNasheed) September 10, 2017
ސުޕްރީމް ކޯޓުން ވަކީލުން ސަސްޕެންޑް ކޮށްފައިވަނީ ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންތައްތައް އިސްލާހު ކުރުމުގެ މަސައްކަތްތައް ފަށާފައިވަނި ކޮށެވެ.
ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރައްވާ ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންގެ ފަރާތުން "ފާޓު ފުޅާ" ގާނޫނު އަސާސީއެއް ބަންޑާރަ ނައިބު މުހައްމަދު އަނިލް އަށް އާދިއްތަ ދުވަހު ވަނީ ވެދުން ކޮށްފައެވެ.