ކ. މާލެ
|
10 ސެޕްޓެންބަރ 2017 | އާދީއްތަ 23:18
ރޮހިންޖާ މުސްލިމުންނަށް ހެތީތެރިވުމަށް ހާއްސަ  ކޮމިޓީއެއް އެކުލަވާލުން
ރޮހިންޖާ މުސްލިމުންނަށް ހެތީތެރިވުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުން
ފާތިމަތު ޝަނާ މުހައްމަދު
ރޮހިންޔާ މުސްލިމުން
ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމަށް ސަރުކާރުން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި
ޓެލެތޯން އެއްވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ
1440 އަށް ގުޅައިގެން ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައި
އަމާޒަކީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުން

ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމަށް ސަރުކާރުން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

މިކޮމެޓީއާއި ގުޅޭ ގޮތުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވީ، ރޮހިންޖާގެ މުސްލިމުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ސަރުކާރުން ގައުމީ ރޫހެއްގައި މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން ކަމަށެވެ. އެގޮތުން ވަކިވަކިން ކުރިއަށްގެންދާ ހަރަކާތްތަކަށް ވެސް ކޮމިޓީ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސާ އެއްކުރުމުގެ މަސައްކަތް ކުރަމުންދާ އިރު ރޮހިންޖާގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެ ރަގަޅު ގޮތެއް ބެލުމަށްޓަކައި ފޮރިން މިނިސްޓްރީ އާއެކު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މީޑިއާތައް ގުޅިގެން ޓެލެތޯނެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނިންމާފަ އެވެ. ޓެލެތޯން ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 21 އިން 23 އަށެވެ. ރޮހިންޖާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އާއި އިސްލާމިކް ބޭންކާ ގުޅިގެން ފައިސާ ޖަމާ ކުރުމަށްޓަކައި ހާއްސަ އެކައުންޓެއް އެކުލަވާލުމަށް ހަމަޖެހިފައިވާ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

"މި މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ވީހާވެސް ބޮޑަށް ޓްރާންސްޕޭރެންޓްކޮށް މަސައްކަތް ކުރާނަން. ދިވެހި ރައްޔިތުންގެ ކިބައިން އެންމެ ބޮޑަށް އެދެނީ، ރައްޔިތުންނަށް ތަނަވަސްކަން ހުރި މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުން. މިފަހަރުގެ އަމާޒަކީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުން،" އާދަމް ޝަރީފު އުމަރު ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ މުސްލިމު އުންމަތުގެ ބަޔަކަށް އެހީތެރިކަން ފޯރު ކޮށްދިނުމަށްޓަކާ އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަން ފާހަގަކޮށްފަ އެވެ. އަދި ދިވެހިންނަކީ މިފަދަ ހާލަތްތަކުގައި އަބަދުވެސް އެހީތެރިކަން ވަރަށް ފުރިހަމައަށް ފޯރުކޮށްދޭ ބައެއްކަން ފާހަގަ ކުރެއްވި އެވެ.

"ޖަމިއްޔާ ތަކުން ވެސް އަމިއްލަ ފަރާތްތަކުން ވެސް، އަޅުގަނޑުމެންނާއި ގުޅައިގެން ރަޖިސްޓްރީކޮށްގެން ކަންކަން ކުރިއަށްގެންދިޔުން ވަރަށް މުހިއްމު. ނުވަތަ ހިލޭ ގުޅޭ ނަންބަރު 1440 އަށް ގުޅައިގެން ވެސް އެ މައުލޫމާތުތައް ހިއްސާކުރަމުންދާންވީ،" ޑރ ޒިޔާދު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
11 ސެޕްޓެންބަރ 2017 | ހޯމަ 01:45
އާސިޔަތް
އަހަރެން ބޭނުމެއް ނޫން ވަގުން އަތަށް ލާރިތަކެއް ދޭކަށް..ކޮން ޔަގީންކަމެއް އޮތީ ކާނުލާނެ ކަމުގެ މިވޭތުވެ ދިޔަ މާޒީގަ އޮތީ މުޅި ދައުލަތުގެ މާލިއްޔާ ކާލާފަ، މުސްލިމް އަޙުންނަށް އެހީވާން ބޭނުން. އެކަމަކު އެނގި ފެންނަން ތިބި ވަގުންގެ އަތުންނެއް ނޫން. ވެރީ ސޮރީ..ވެރީ ވެރީ ސޮރީ... މިއޮތީ ވަގުންނަށް ރަނުގެ ފުރުސަތެއް ލިބިފަ...ރައްޔަތުން ހޭލާ ތިބޭތި...ކުރެވުން ވަރަކުން މިޔަންމާ ގެ ރައްޔަތުންނަށް ހެޔޮ ދުޢާ ކޮށް އެހީތެރި ވެ ދިނުން ވަރަށް އެދެން.... ޝުކުރިއްޔާ ރާއްޖެ ޓީވީ