ކ. މާލެ
|
9 ސެޕްޓެންބަރ 2017 | ހޮނިހިރު 22:38
ޢަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރު
ޢަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރު
ޓްވިޓަރ
ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ
ހުކުމްގައި އޮތްއެއްޗެއް އިލެކްޝަނަށް ނޭނގެންޏާ ސުޕްރީމް ކޯޓުން އެމީހުންނަށް ބުނެދޭންޖެހޭ: ޢަލީ ޒާހިރު
ސިޓީއަކުން ނުވަތަ ސިއްރިޔާތުގައި ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް އަންގައިދޭން ޖެހޭ
އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައި
ސުޕްރީމް ކޯޓުގެ ހުކުމާ ޚިލާފަށް ބައި އިލެކްޝަންސް ބާއްވާނަމަ ހުއްޓުވުމަށް ފުލުހުންނާ ސިފައިންނަށް ގޮވާލަން

ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލިފައި ނުވާކަމަށް ކަމަށާއި އެހުކުމުގައި އޮތްއެއްޗެއް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ނޭނގޭ ކަމަށް ވާނަމަ ސުޕްރީމް ކޯޓުން އެމީހުންނަށް އެކަން ބުނެދޭން ޖެހޭ ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޤާނޫނީ ވަކީލު ޢަލީ ޒާހިރު މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ ކުނޫޒްގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިސްލާހީ މަސައްކަތުގައި ކުރީ ސަފުގައި ހަރަކާތްތެރިވެލައްވާ ޢަލީ ޒާހިރު ވިދާޅުވީ ސުޕްރީމް ކޯޓުން ވަނީ އެއްވެސް ބޭފުޅެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސާފުބަހުން ޖަވާބު ދެއްވާފައި ކަމަށާއި އެކަމަކު އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ދޭހަވަނީ މުޅިން އެހެން އެއްޗެއް ކަމަށެވެ. އެމެންބަރުންނަށް ދޭހަވަނީ  ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނާ އެއްޗަކާ މުޅިން ޚިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަންނަވާލަން. އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް އެވާހަކަތައް ނޭނގޭ ކަމަށް އެބަ ވިދާޅުވެއޭ. އެމީހުންނަށް ދޭހަ ނުވާނަމަ ފަނޑިޔާރުންގެ ޒިންމާއެއް އިތުރަށް ތަފްސީލް ކޮށްދިނުމަކީ. މީގެ ކުރިން ވެސް ކަންކުރައްވާފައިވާ ގޮތަކީ އެއީ. ސިޓީއަކުން ނަމަވެސް ހާޒިރު ކޮށްފައި ވެސް އެކަން އޮޅުން ފިލުވައިދެއްވާ. މިކަން މިގޮތަށް ހިނގަން ޖެހޭނެ. އެއީ މުޅި ޤައުމުގެ މަސްލަހަތާ ގުޅިފައިވާ ކަމެއް. ހެޔޮ ސިއްރިއާތުގައި ފަހުމްކޮށް ދިނަސް." ޢަލީ ޒާހިރު ވިދާޅުވިއެވެ.

ޢަލީ ޒާހިރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެމެންބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާ ބައި އިލެކްޝަން ބާއްވަން އުޅުނަސް އެއީ ހަޤީގަތް ނޫން ކަމަށާއި  ސުޕްރީމް ކޯޓުގެ ހުކުމުން އެކަން ވަރަށް ސާފު ކަމަށެވެ. އެކޯޓުން ބުނެފައިވަނީ އެކަމަކީ އެކޯޓާ ހަމައަށް އަންނަންވެސް ޖެހޭ ކަމެއް ނޫންކަމަށް ކަމަށާއި އެއަށްވުރެ މާ ސާފު މައްސަލައެއް ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެފައިވާ ކަމަށް ޢަލީ ޒާހިރު ވިދާޅުވިއެވެ.

ޢަލީ ޒާހިރު ވިދާޅުވީ ހުރިހާ ފަރާތްތަކުން ވެސް ސުޕްރީމް ކޯޓުގެ އަމުރާ ޤާނޫނު އަސާސީއަށް ތަބާވާން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން އަންގަވާފައިވާ ކަމަށާއި  އިލެކްޝަންސް ކޮމިޝަނަށް ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ.  

"ޤާނޫނާ ގަވާއިދާ ޚިލާފަށް ސަރުކާރުން ބޭނުންވާ ތަންތަންކޮޅު ނަގައިގެން ކުރިއަށް ގެންދަން އެއުޅެނީ. އެކަން ހުއްޓުވާ. މީގެ ކުރިން ވެސް ހުއްޓުވި ގޮތަށް އެކަން ހުއްޓުވާ. އެއްވެސް ފަރާތަކުން ދައްކާ ބިރަށް ޖެހިލުން ވާނެ ކަމެއް ނެތް. ފުލުހުންނާ ސިފައިން ކުރައްވައިގެން ތިއްބެވި ހުކުމާ  އެއްގޮތަށް އެކަން ހުއްޓުވުމަށް ގޮވާލަން. ޤާނޫނު އަސާސީއާ ޤާނޫނު ނަގަހައްޓަން ދިވެހިން ތިބީ ތައްޔާރަށް. އެކަމަށް ފުލުހުންނާ ސިފައިންގެ އެއްބާރުލުން ދޭން ޖެހޭ." ޢަލީ ޒާހިރު ވިދާޅުވިއެވެ.

ޢަލީ ޒާހިރު ވިދާޅުވީ ކޯޓުތަކުގެ ފަންޑިޔާރުންނަށް މުއައްސަސާތަކުން ދަނީ ބިރު ދައްކަމުން ކަމަށާއި އެފަނޑިޔާރުން ދަނީ ހިއްސާ ކުރަމުން ކަމަށެވެ. އެހެން ނަމަވެސް ހައްގުބަސް ބުނެގެން ބިރު ދެއްކިއަސް ހުއްޓުމެއް ނުގެންނާނަން ކަމަށާއި އެކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމަށް ހިތްވަރު ލިބިލައްވަނީ ރައްޔިތުން އެކަމަށް ތާއީދު ކުރާތީ ކަމަށް ވެސް ޢަލީ ޒާހިރު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް