ކ. މާލެ
|
9 ސެޕްޓެންބަރ 2017 | ހޮނިހިރު 07:27
ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
މެކްސިކޯއަށް އައި ބިންހެލުން
މެކްސިކޯއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ރައީސް ޔާމީން އެ ޤައުމުގެ ރައީސްއަށް ތައުޒިޔާ ފޮނުއްވައިފި
މި ބިންހެލުން އައިސްފައިވަނީ މެކްސިކޯގެ ދެކުނު އައްސޭރިފަށުގެ ސަރަހައްދަކަށް ރިކްޓާ މިންގަނޑުން 8.1 މެގްނިޓިއުޑުގައި
ބިންހެލުން އައީ ހުކުރު ދުވަހު

މެކްސިކޯއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏ މެކްސިކޯގެ ރައީސް އެންރިކޭ ޕެނާ ނީޓޯއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ވިދާޅުވީ މި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމަށެވެ. އަދި އެކަމާ ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

 މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގައި މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.

ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، މެކްސިކޯގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ރައީސް ޔާމީން ވަނީ ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

މި ބިން ހެލުމުގައި ވަނީ އެ ޤައުމުގެ ގިނަ އަދަދެއްގެ ބަޔަކު މަރުވެ، މުދަލަށާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް