Advertisement
ކ. މާލެ
|
20 ނޮވެންބަރ 2025 | ބުރާސްފަތި 17:50
12.1 މިލިއަން ޑޮލަރު ގެ އަގުހުރި ރަން ފާޚާނާ ތަށި ފަރުމާ ކުރީ އިޓަލީގެ ކޮންސެޕްޗުއަލް އާޓިސްޓެއް
12.1 މިލިއަން ޑޮލަރު ގެ އަގުހުރި ރަން ފާޚާނާ ތަށި ފަރުމާ ކުރީ އިޓަލީގެ ކޮންސެޕްޗުއަލް އާޓިސްޓެއް
ސޮދެބީސް
ރަން ފާޚާނާ ތަށި
12 މިލިއަން ޑޮލަރަށް ރަން ފާޚާނާ ތަށި ގަތް ފަރާތް ހާމަ ކޮށްފި
މި ތައްޓަކީ، އިޓަލީގެ އާޓިސްޓަކު ފަރުމާކޮށް ބަރާބަރަށް މަސައްކަތް ކުރާ ގޮތައް 101.2 ކިލޯގެ 18 ކެރެޓް ރަނުން ހަދާފައިވާ ފާޚާނާ ތައްޓެއް!

12 މިލިއަން ޑޮލަރުގެ ރަން ފާޚާނާ ތަށި ގަތީ ރިޕްލޭޒް އިން ކަން ހާމަ ވެއްޖެ އެވެ.

ރަން ފާޚާނާ ތަށީގެ އަގުގެ ގޮތުގައި 12.1 މިލިއަން ޑޮލަރު ހޭދަ ކުރި ކުންފުނި މިހާތަނަށް އޮތީ ސިއްރު ކޮށްފަ އެވެ. ރިޕްލޭޒް ބިލީވް އިޓް އޯ ނޮޓް އިން މި ތަށި ގަތްކަން މިހާރު ހާމަ ކޮށްފައިވާ އިރު، ފުރަތަމަ އެ ކުންފުނިން ގަތް ރަން ފާޚާނާ ތަށި 2019 ވަނަ އަހަރު ފްރާންސް ގެ ބްލެންހެއިމް ޕެލަސް ގައި ބަހައްޓާފައި ހުއްޓާ ވަނީ ވަގަށް ނަގާފަ އެވެ.

މި ފަހަރު ގަތް ތައްޓަކީ، އިޓަލީގެ އާޓިސްޓަކު ފަރުމާކޮށް ބަރާބަރަށް މަސައްކަތް ކުރާ ގޮތައް 101.2 ކިލޯގެ 18 ކެރެޓް ރަނުން ހަދާފައިވާ ފާޚާނާ ތައްޓެކެވެ.

ރަން ފާޚާނާ ތަށި ނީލަންކީ އަންގާރަ ދުވަހު ނިއު ޔޯކް ސިޓީގައި ސޮދެބީޒްގައެވެ. 101 ކިލޯގްރާމްގެ ތައްޓަށް އަގު ހުށަހެޅީ އެންމެ ފަރާތަކުންނެވެ.

ނީލަން ހިންގި ފަރާތުން ބުނީ އަގު ފެށޭނީ ތަށި ހެދުމަށް ހޭދަވި ރަނުގެ އަސްލު އަގު ކަމަށްވާ ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު އިން ކަމަށެވެ.

ތަށި ގަތީ މަޝްހޫރު އެމެރިކާ ބްރޭންޑަކުން ކަމަށް އެކަނި ބުނެފައިވާއިރު، އެއީ ކޮން ފަރާތެއް ކަމެއް ނީލަން އިންތިޒާމު ކުރި ފަރާތުން ބުނެފަ އެއް ނުވެއެވެ.

ރިޕްލޭޒް ބިލީވް އިޓް އޯ ނޮޓް އެ ތަށި ގަތީ އެ ކުންފުނިންކަން ފަހުން ހާމަ ކުރީ އިންސްޓަގްރާމް ޕޯސްޓެއްގަ އެވެ.

އެންޓަޓެއިންމަންޓް ކުންފުންޏެއްގެ ގޮތުގައި ހިންގާ މި ކުންފުނިން ދުނިޔޭގެ އެކި ހިސާބުތަކުގައި އާދަޔާ ޚިލާފު ތަކެތީ ގެ މިއުޒިއަމް ތަކާއި އެކުއޭރިއަމްތައް ހިންގައެވެ.

- ކޮމެންޓް