ކ. މާލެ
|
8 ސެޕްޓެންބަރ 2017 | ހުކުރު 01:12
އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން
އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން
އަބުދުﷲ ނަސީރު އިބްރާހިމް
އެމްޑީޕީ ގައުމީ މަޖިލީސް
އެމްޑީޕީގެ ކޮންގްރެސް ބާއްވާ ތާރީހު ފަސްކޮށްފި
ފަސްކޮށްފައިވަނީ ވަކި ތާރީހެއް ނެތް ގޮތަށް
ފަސްކުރަން ނިންމީ ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ސަރުކާރުން ދީފައިނުވާތީ
ގާތްގަނޑަކަށް 2 މިލިއަން ރުފިޔާ އެމްޑީޕީ ކޮންގްރެސްއަށް ހަރަދުކުރުމަށް ވަނީ ކަނޑައަޅާފަ

ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެއްސި އެމްޑީޕީ ކޮންގްރެސް ފަސްކޮށްފި އެވެ.

މި ގަރާރަށް ވޯޓުދެއްވާފައިވަނީ އެމްޑީޕީ ގައުމީ މަޖިލީހަށް ހާޒިރުވި، 28 މެންބަރުންގެ އިއްތިފާގުންނެވެ.

މިރޭ ސޯލްޓްގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ހުށަހެޅުއްވި މި ގަރާރަށް ވާހަކަދެއްކި ގިނަ މެންބަރުންވަނީ އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ސެޕްޓެމްބަރު 15 ގައި ބޭއްވުމަށް ނިންމާފައި އޮތް އެމްޑީޕީގެ ކޮންގްރެސް ފަސް މިކުރީ އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓާފައި އޮތުމުންނެވެ. އެމްޑީޕީން މިހާރު ނިންމާފައި ވަނީ ކޮންގްރެސް ބޭއްވުމަށް ފަންޑެއް ހުޅުވައިގެން ފައިސާ ހޯދުމަށެވެ. އަދި އެ ފައިސާ ލިބުމުން ކޮންގްރެސް ބާއްވަން އިއުލާނު ކުރާނެ އެވެ.

އެމްޑީޕީގެ ކޮންގްރެސްއާ ގުޅޭ ގޮތުން އެޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފު ވިދާޅުވީ، ކޮންގްރެސްއެއް ބޭއްވުމަށްޓަކާއި ވަރަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވިފައިވާ ކަމަށެެވެ. އެގޮތުން އަސާސީ ގަވައިދަށް ގެންނަންޖެހޭ އިސްލާހުތައް ދިރާސާކުރުމުގެ މަސައްކަތް ގާނޫނީ ކޮމިޓީން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ކޮންގްރެސް ކޮމިޓީ އެކުލަވާލުމުގެ މަސައްކަތް ކުރެވިފައިވާ އިރު ކޮންގްރެސްއަށް ބަޖެޓެއް އެކުލަވާލެވިފައިވާ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. ކޮންގްރެސްގެ ބަޖެޓަކީ ދެ މިލިއަން އަށް ލައްކަ ތިރީސް ހަތަރުހާސް ނުވަސަތޭކަ ފަސްދޮޅަސް ހަތަރު ރުފިޔާ (2،834،964ރ.) އެވެ. ކޮންގްރެސްމަނުންގެ އިތުރުން ދައުވަތު ލިބިގެންް އަންނަ ފަރާތްތަކާއި އޮބްޒަރވަރުންނާއި މީޑިޔާގެ ފަރާތްތައް ހިމެނޭގޮތައް މި ކޮންގްރެސްގައި 1123 މީހުން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް