ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 15:14
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ
އަޒުމޫން އަހުމަދު
ގައުމީި ޔުނިވަރސިޓީ
ގައުމީ ޔުނިވަރސިޓީން އަންނަ އަހަރު ހިންގާ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި
މި އަހަރުގެ ޑިސެމްބަރުގެ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައި

 ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން އަންނަ 2018 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއެންޔޫއިން އިއުލާން ކޮށްފައިވާ  ގޮތުގައި  2018 ވަނަ އަހަރުގެ ޖަނަވަރީ ގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު 24 ސެޕްޓެންބަރު 2017 ވާ އާދީއްތަ ދުވަހުން ފެށިގެން 28 ޑިސެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.

އެމްއެންޔޫ އިން ބުނީ އެ ކޯސްތަކާ ބެހޭ މައުލޫމާތާއި ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް  www.mnu.edu.mvއިން ލިބެން ހުންނާނެ ކަމަށެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ ކަމަށް ވެސް އެމްއެންޔޫއިން ބުނެއެވެ.

އެމްއެންޔޫއިން ތަފާތު އެކި ދާއިރާތަކުން ފައުންޑޭޝަން ކޯސްތަކުން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް ކިޔަވާދެމުން ދެއެވެ.

އެމްއެންޔޫއިން މާލެ ފިޔަވާ، ލ. ގަން، ސ. ހިތަދޫ، ކުޅުދުއްފުށި އަދި ގދ. ތިނަދޫގައި އެ ޔުނިވާރސިޓީގެ ކެމްޕަސްތައް ހިންގަމުން ދެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް