ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 11:24
ބޮލީވުޑްގެ ސުޕަސްޓަރ އަމީތާބް ބައްޗަން
ބޮލީވުޑްގެ ސުޕަސްޓަރ އަމީތާބް ބައްޗަން
ގޫގުލް
އަމީތާބް ބައްޗަން
އަމީތާބު ދިވެހިންގެ އަޑު އައްސަވައިފި، ޝުކުރިއްޔާ: މަހުލޫފް
"ކޯން ބަނޭގާ ކްރޯޑްޕަތީ" ޝޯވ ގައި ރާއްޖެ ކޮމަންވެލްތާ ވަކިވުމާ ގުޅޭ ސުވާލެއް
ބުރާސްފަތި ދުވަހުގެ މެންދުރު ރާއްޖެ ވަޑައިގަންނަވާ ގޮތަށް
ކޮރަޕްޝަނާއި އިންސާނީ ހައްގުތައް ނިގުޅައިގަންނަ ކަމަށް

ރާއްޖެ ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ކެންސަލް ކުރެއްވުމުން ބޮލީވުޑްގެ ސުޕަސްޓަރ އަމީތާބް ބައްޗަން އަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ޝުކުރު އަދާކުރައްވައިފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖޭގައި ބާއްވާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ބުރާސްފަތި ދުވަހު މެންދުރު އަމީތާބް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނިކޮށް އެންމެ ފަހު ވަގުތު ދަތުރުފުޅު ވަނީ ކެންސަލް ކުރައްވާފަ އެވެ.

އަމީތާބު ރާއްޖެ ކުރައްވަން އޮތް ދަތުރުފުޅު ކެންސަލް ކުރެއްވުމަށް ގޮވާލައި، އިދިކޮޅު ފަރާތްތަކުން ގެންދިޔައީ ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރަމުންނެވެ. އަދި އަމީތަބު ރާއްޖެ ވަޑައިގަތުމަށް ގޮވާލައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ގެންދިޔައީ ކެމްޕެއިން ކުރަމުންނެވެ.

އަމީތާބަށް ޝުކުރު އަދާކޮށް މަހުލޫފް ވިދާޅުވީ ކެމްޕެއިނުގައި ދިވެހި ރައްޔިތުން ފާޅުކުރި ޝުއޫރުތައް އަމީތާބު އަޑު އެއްސެވީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

މަހުލޫފް ވިދާޅުވީ އަމީތާބު ހުށަހަޅުއްވާ "ކޯން ބަނޭގާ ކްރޯޑްޕަތީ" ޝޯވ ގައި ރާއްޖެ ކޮމަންވެލްތާ ވަކިވުމާ ގުޅޭ ސުވާލުކޮށް، އެކަމަށް ދެއްވި ޖަވާބުން ރާއްޖޭގެ ހާލަތު ވަރަށް ރަނގަޅަށް އަމީތާބަށް އެނގިވަޑައިގަންނަވާކަން ހާމަވާ ކަމަށެވެ.

"ކޯން ބަނޭގާ ކްރޯޑްޕަތީ" ޝޯވ ގައި ސުވާލުކޮށްފައިވަނީ 2016 ވަނަ އަހަރު ކޮމަންވެލްތުން ވަކިވެފައިވަނީ ކޮން ގައުމެއްތޯ އެވެ. ހަތަރު ޖަވާބެއް އޮތް އިރު، ނުބައި ޖަވާބު ދިނުމާއެކު އަމީތާބް ވިދާޅުވީ ރާއްޖެއިން 53 ގައުމު ހިމެނޭ ކޮމަންވެލްތާ ވަކިވީ ކޮރަޕްޝަނާއި އިންސާނީ ހައްގުތަކަށް އަރައިގަންނާތީ އެކަންކަން ހުއްޓާލުމަށް ޕްރެޝަރ ކުރުމުން ކަމަށެވެ.

އަމީތާބް ރާއްޖެ ވަޑައިނުގަންވަން ގޮވާލާ ހިންގި ކެމްޕޭނުގައި ވެސް ފާހަގަކޮށްފައިވަނީ ކޮރަޕްޝަންގެ މައްސަލަތަކާއި އިންސާނީ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް