ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 08:39
ޑަބްލިއުއެޗްއޯ އިން މި ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަ ގުޑްވިލް އެމްބެސަޑަރު އަމީތާބު
ޑަބްލިއުއެޗްއޯ އިން މި ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަ ގުޑްވިލް އެމްބެސަޑަރު އަމީތާބު
ޑީއެންއޭ އިންޑިއާ
އަމީތާބު
އަމީތާބު ރާއްޖެ އަށް ކުރައްވަން އޮތް ދަތުރުފުޅު އެންމެ ފަހުވަގުތު ކެންސަލް ކުރައްވައިފި
ރާއްޖެ ވަޑައިނުގަތުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކެމްޕޭނެއް ހިންގި
ރާއްޖެ ވަޑައިގަތުމަށް ގޮވާލައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ކެމްޕޭންކުރި
ދަތުރުފުޅު ކެންސަލް ކުރެއްވީ ސިއްހީ މައްސަލައަކާ ގުޅިގެން

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ(ޑަބްލިއުއެޗްއޯ) ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ބޮލީވުޑްގެ ސުޕަސްޓަރ އަމީތާބާ ބައްޗަން ރާއްޖެ ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު އެންމެ ފަހު ވަގުތު ކެންސަލް ކުރައްވައިފި އެވެ.

ރާއްޖެއެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އަމީތާބު ރާއްޖެ ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ކެންސަލް ކުރެއްވީ ސިއްހީ މައްސަލައަކާ ގުޅިގެންނެވެ. ކުރިން ހަމަޖެހިފައި އޮތް ގޮތުންނަމަ ބުރާސްފަތި ދުވަހު އަމީތާބް ރާއްޖެ ވަޑައިގަންނަވާނެ އެވެ.

ޑަބްލިއުއެޗްއޯ އިން މި ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަ ގުޑްވިލް އެމްބެސަޑަރު އަމީތާބު ރާއްޖެ ވަޑައިނުގަންނަވަން ނިންމަވާފައި މިވަނީ، އެ ދަތުރުފުޅު ކެންސަލް ކުރެއްވުމަށް ގޮވާލައި، ދިވެހިންތަކެއް ސޯޝަލް މީޑިއާގައި ކެމްޕޭނެއް ހިންގަމުން ދަނިކޮށެވެ. އެ ކެމްޕެއިން ހިންގި ފަރާތްތަކުން ގޮވާލާފައިވަނީ ރާއްޖޭގައި އިންސާނީ ހައްގުތަކަށް އަރައިގަނެ، ސިޔާސީ އިދިކޮޅު ލީޑަރުން ހައްޔަރުކޮށް، ޚުދުމުޚުތާރު ވެރިކަމެއް ކުރަމުންދާ ކަމަށާއި، އެހެންކަމުން މިފަދަ ހާލަތެއްގައި އަމީތާބު ފަދަ ބޭފުޅަކު ރާއްޖެ ވަޑައިނުގަތުމަށެވެ.

އަމީތާބުގެ ދަތުރު ކެންސަލްކުރުމަށް ގިނަ ބަޔަކު ގޮވާލިއިރު، ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ދިޔައީ އަމީތާބު ރާއްޖެ އައުމަށް ގޮވާލައި ޓްވީޓް ކުރަމުންނެވެ. 

އަމީތާބުގެ ދަތުރުފުޅު ކެންސަލް ކުރެއްވިއިރު، ބުދަ ދުވަހު ފެށި ޑަބްލިއުއެޗްއޯގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވަން އިންޑިއާގެ ހެލްތް މިނިސްޓަރު ވެސް ވަނީ ނިންމަވާފަ އެވެ. އެގައުމުން ރާއްޖެއަށް ފޮނުވީ ހެލްތު ސެކްރެޓަރީ ޕީކޭ މިޝްރާ އެވެ.

މިކަމާ ގުޅޭ ގޮތުން ހެލްތް މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.

ޑަބްލިއުއެޗްއޯގެ ފަރާތުން މިއަހަރު ރާއްޖޭގައި ބާއްވާ 70 ވަނަ ސައުތް އީސްޓް އޭޝިއާގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ އެކިއެކި ކަންކަމާ ގުޅޭ ގޮތުންނެވެ.

މި ބައްދަލުވުމުގައި 11 ގައުމަކުން ބައިވެރިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް