ކ. މާލެ
|
6 ސެޕްޓެންބަރ 2017 | ބުދަ 18:43
މެލޭޝިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވުން
މެލޭޝިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވުން
ރައީސް އޮފީސް
ރާއްޖެ - މެލޭޝިޔާ
މެލޭޝިއާގެ އާ ނޮން ރެޒިޑެންޓް ސަފީރު ރައީސަށް ފަތްކޮޅު އަރުއްވައިފި
ބައްދަލު ކުރެއްވުން އޮތީ ބުރާސްފަތި ދުވަހު
ޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ރާއްޖެއިންދޭ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި
މެލޭޝިޔާގެ އަމިއްލަ ވިޔަފާރިވެރިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވި

މެލޭޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން- ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ވަން ޒައިދީ ވަން ޢަބްދުﷲ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށް ފަހު، މެލޭޝިޔާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަޙުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވި ކަމަށްޓަކައި މަރްޙަބާ ދެންނެވިއެވެ.

މި ބައްދަލު ކުރެއްވުމުގައި މެލޭޝިޔާގެ ރަސްގެފާނަށާއި، ބޮޑުވަޒީރަށް ހެޔޮއެދުންތައް ރައްދު ކޮށްދެއްވުމަށް މެލޭޝިޔާގެ އާ ސަފީރުގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ. އަދި، ރާއްޖެއާއި މެލޭޝިޔާއާ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ  ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ރާއްޖެއިންދޭ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މެލޭޝިޔާގެ އަމިއްލަ ވިޔަފާރިވެރިން، ޚާއްޞަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މެލޭޝިޔާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން – ރެޒިޑެންޓް ސަފީރުގެ ގޮތުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ދެ ޤައުމުގެ ދެމެދުގައިވާ  އެކުވެރި ގާތް ގުޅުން އެމަނިކުފާނުގެ ސަފީރުކަމުގައި  އިތުރަށް ބަދަހި ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.

މި ބައްދަލު ކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާއާއި މެލޭޝިޔާގެ އާ ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި މެލޭޝިޔާއަކީ ބައިނަލްއަޤްވާމީ މައިދާނުގައި އެކި މައްސަލަތަކުގައި އެއްކަހަލަ ވިސްނުންތަކެއް ގެންގުޅުއްވާ ދެ ޤައުމުކަން ފާހަގަކުރެއްވިއެވެ. އަދި، ދެބޭފުޅުން އިތުރަށް ދެއްކެވި ވާހަކަފުޅުގައި ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވެސް ވިދާޅުވިއެވެ.

މިބައްދަލު ކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ‏ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް