ކ. މާލެ
|
6 ސެޕްޓެންބަރ 2017 | ބުދަ 16:51
ސަމީރު: ރާއްޖެ ޓީވީގެ ފަލަ ސުރުޚީގައި
ސަމީރު: ރާއްޖެ ޓީވީގެ ފަލަ ސުރުޚީގައި
ރާއްޖެއެމްވީ
އަހުމަދު ސަމީރު
ޖޭޕީގެ އެސްޖީ ސަމީރު އަނެއްކާ ވެސް ފުލުސް އޮފީހަށް ހާޒިރު ކުރަނީ
ސަމީރު ހާޒިރު ކުރަނީ ބުރާސްފަތި ދުވަހު ހަވީރު 5 ޖަހާއިރު
ސަމީރު ހާޒިރު ކުރަނީ ފުލުހުންގެ ދައުރަށް ހުރަސްއެޅުމުގެ ތުހުމަތުގައި

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު އަނެއްކާ ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރުކަން ވެސް ކުރައްވާފައިވާ ސަމީރު ވެސް ވަނީ މިކަން ރާއްޖެ އެމްވީއަށް ކަށަވަރުކޮށް ދެއްވާފައެވެ.  
ސަމީރު ފުލުހުންގެ އިދާރާއަށް މިފަހަރު ހާޒިރުވާން އަންގާފައިވަނީ ބުރާސްފަތި ދުވަހު ހަވީރު 5:00 ޖަހާއިރު އެވެ.
ސަމީރު ވިދާޅުވީ ސަމީރު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ މިދިޔަ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ރޭ މ. ކުނޫޒު ކުރިމަތީގައި ރާއްޖެ ޓީވީއަށް އިންޓަރވިއު ދެއްވަނިކޮށް ފުލުހުން ގެންދިޔަ މައްސަލައިގާ ބަޔާން ދެއްވުމަށް ކަމަށެވެ. އެރޭ ސަމީރު ހައްޔަރުކޮށްގެން ގެންދިޔައީ ކުނޫޒް ކައިރީ ހަރަކާތްތެރިވަމުން ދިޔަ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ބުނެއެވެ.

ސަމީރު އެފަހަރު ދޫކޮށްލީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކެއް ކުރިމަތިކުރުމަށް ފަހު ކޯޓުން އަންގައިގެންނެވެ.
މީގެކުރިން މިދިޔަ ޖުލައި މަހުގެ 27 އަދި 29 ވަނަ ދުވަހު ވެސް ސަމީރު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކޮށްފައިވެ އެވެ. އެފަހަރު ސަމީރުއާ ސުވާލު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެއް ފަހަރު ކުނޫޒު ބަލައި ފާސްކޮށް ނިމިފައިވާ ކަން އެންގުމަށްފަހު ހަމަ އެ އަމުރުގެ ދަށުން ދެވަނަ ފަހަރަށް ކުނޫޒު ބަލައި ފާސްކުރަން ދިއުމުން ފުލުހުންގެ މަސައްކަތަށް ހުރަސްއެޅުމުގެ ތުހުމަތުގައާއި ކްރިމިނަލް ކޯޓުން ކުނޫޒް ބަލައި ފާސްކުރުމަށް ފުލުހުންނަށް ދިން އަމުރު ތަންފީޒުކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ކަމަށް ސަމީރު ވިދާޅުވެފައިވެ އެވެ.

ފުލުހުން ސަމީރުގެ މައްޗަށް ކުރަމުންދާ ތުހުމަތުތަކާއި ގުޅިގެން ސަމީރު ވިދާޅުވީ ފުލުހުން ކުރަނީ އެއްވެސް ހަގީގަތެއް ބުރަދަނެއް ހުރި ތުހުމަތުތަކެއް ނޫން ކަމަށާއި އެ ތުހުމަތަކަށް އިންކާރު ކުރައްވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް