ސްރީ ލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް، މާފަންނު ކޮތަންމާގޭ މުހައްމަދު ހުސައިން ޝަރީފު (މުންދު) އައްޔަނުކުރައްވައިފިއެވެ.
މުހައްމަދު ހުސައިން ޝަރީފަށް މަގާމުގެ ފަތްކޮޅު ރައީސް އަބްުދުﷲާ ޔާމީން ދެއްވީ ބުދަ ދުވަހު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.
ރައްޔިތުންގެ މަޖިލީހުން ސްރީލަންކާގެ ސަފީރުކަމަށް މުންދު އައްޔަން ކުރުމަށް ރުހުންދީފައި ވަނީ މިދިއަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.
މުންދު ކުރިން ހުންނެވީ ޖަޕާންގެ ސަފީރަކަށެވެ. އޭގެ ކުރިން މި ސަރުކާރުގެ މިނިސްޓަރުކަން ވެސް އޭނާ ކުރެއްވެވި އެވެ.