Advertisement
ކ. މާލެ
|
19 އޮކްޓޯބަރ 2025 | އާދީއްތަ 12:11
ލޫޓުވައިފި މުޒާހަރާ އިން ހައްޔަރު ކުރި މީހުން
ލޫޓުވައިފި މުޒާހަރާ އިން ހައްޔަރު ކުރި މީހުން
ސޯޝަލް މީޑިއާ
ލޫޓުވައިފި މުޒާހަރާ
ލޫޫޓުވައިފި މުޒާހަރާގެ ހައްޔަރީންގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކޮށްފި، ކޯޓުން އެންމެން ދޫކޮށްލައިފި
ފުލުހުން އެދުނީ 15 ދުވަސް މުއްދަތު އިތުރު ކުރަން
އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ 4 އޮކްޓޫބަރު 2025 ގައި
މުޒާހަރާ އިން ހައްޔަރު ކުރި މީހުން ހައްޔަރު ކުރީ ސިޔާސީ ބޭނުމަކަށް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން

ލޫޓުވައިފި ލޫޓުވައިފި މުޒާހަރާ އިން ހައްޔަރު ކުރި 6 މީހުންގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކޮށްފިއެވެ.

ކުރިމިނަލް ކޯޓުގައި ފުލުހުން އެދުނީ ބަންދަން 15 ދުވަސް އިތުރު ކުރުމަށެވެ.

މުއްދަތު ޖަހަން އެދުނު ނަމަވެސް އާދިއްތަ ދުވަހު ކޯޓުން ވަނީ 6 މީހުން ދޫކޮށްލާފައެވެ.

އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އިން މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި 8 މީހަކު ހައްޔަރުކުރިއެވެ. އަދި 4 އޮކްޓޫބަރު 2025 ވަނަ ދުވަހު 6 މީހެއްގެ ބަންދަށް 15 ދުވަސް އިތުރުކުރިއެވެ.

ބަންދުގެ މުއްދަތު ޖެހި އެންމެންގެ ބަންދުގެ މުއްދަތު ހޮނިހިރު ދުވަހަށް ވަނީ ހަމަވެފައެވެ.

ކުރިން ބަންދަށް 15 ދުވަސް ޖެހީ، މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު، އަލީ ޖުމާން، އަޒްމީ އަލީ އަދި ހަސަން ޝާކިރެވެ.

އާދިއްތަ ދުވަހު ކޯޓުން ބަންދުގެ މުއްދަތު އިތުރު ނުކުރަން ނިންމާ މި 6 މީހުން ދޫކޮށްލި އިރު، އެކަކަށް ފިޔަވާ ދޫކޮށްލި އެންމެންނަށް ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށްފައިވެއެވެ.

ހައްޔަރު ކުރި ފަރާތްތަކުގެ މުއްދަތު އިތުރުކުރުމަށް އާދިއްތަަ ދުވަހު ފުލުހުން ކޯޓުގައި އެދުނު އިރު އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހްމަދު މައުރޫފް ވިދާޅުވެފައިވަނީ ބަންދުގައި ތިބި އެންމެންވެސް ތަހުގީގަށް ފުރިހަމަ އަށް އެއްބާރުލުން ދީފައިވާ ކަމަށާއި، އެންމެންގެ ބަޔާންތައް ވެސް ފުލުހުން ނަގާފައިވާ ކަމަށެވެ.

- ކޮމެންޓް